ޖޭޕީގެ އުތުރު ދަތުރުގައި ލީޑަރު އަދި ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމް ށ. މިލަންދޫއާއި ކޮމަންޑޫ އާއި އެ އަތޮޅު މަރޮއްޓަށް މިއަދު ވަޑައިގެންފި އެވެ.
ޤާސިމް މި ދަތުރުފުޅުގަ، މިއަދު މިލަންދޫއަށް ވަޑައިގެން ކައުންސިލް މެންބަރުންނާ ބައްދަލު ކުރައްވާ، އެ ރަށުގެ ތަރައްގީއަށް ކުރާ މަސައްކަތްތަކާބެހޭ މައުލޫމާތު ހޯއްދެވުމުގެ އިތުރުން ރަށުގެ ބައެއް ތަންތަން ބައްލަވާލައްވައި އާންމުންނާއެކު ވަގުތު ހޭދަ ކުރެއްވި އެވެ.
ގާސިމް ކޮމަންޑޫއަށް ވަޑައިގަތުމުން އެރަށުން ވަނީ ހޫނު މަރުހަބާއެއް ކިޔާފަ އެވެ.
ކޮމަންޑޫ ދަތުރުފުޅުގަ، އެ ރަށު ސްކޫލާއި ސިއްޙީ މަރުކަޒުގެ އިތުރުން ޖަމިއްޔާތަކާވެސް ބައްދަލު ކުރެއްވި އެވެ. ގާސިމް އެރަށުން ފުރާ ވަޑައިގަތީ އެރަށުގެ ކައުންސިލް މެންބަރުންނާ ބައްދަލު ކުރައްވާ ރަށުގެ ހާލަތު ބައްލަވައި ތަރައްޤީއަށް ކުރަމުންދާ މަސައްކަތްތަކުގެ މައުލޫމާތު ހޯއްދަވައިގެނެވެ. އެ ރަށުގައި ޖޭޕީގެ މެނިފެސްޓޯއަށް ޚިޔާލު ވެސް ވަނީ ހޯއްދަވާފަ އެވެ.
އުތުރު ދަތުރުފުޅުގައި ޤާސިމް މަރޮއްޓަށް ވަޑައިގެންނެވީ ބޯކޮށް ވާރޭ ތެރޭގަ އެވެ. ނަމަވެސް އެރަށުން ވެސް އެމަނިކުފާނަށް މަރުހަބާ ދަންނަވާފައިވެ އެވެ.
ށ. ގެ ތިން ރަށަކަށް ގާސިމް ވަޑައިގެންފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ