ސުޕްރީމް ކޯޓުގެ ނިންމުމަށް ސަރުކާރުން އަމަލު ކުރާނެ: މޫސާ މަނިކު

ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލައިގައި ސުޕްރީމް ކޯޓުން ނިންމާ ގޮތަކަށް ސަރުކާރުން އަމަލު ކުރާނެ ކަމަށް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު މޫސާ މަނިކު ވިދާޅުވެއްޖެ އެވެ.އެމްޑީޕީ ހަރުގޭގައި މިރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން މޫސާމަނިކު ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުން ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލައިގައި، ވަކިވަކިން ވަޒީރުންނަށް ރުހުން ދިނުމާއި ގަނޑުކޮށް ރުހުން ދިނުމާމެދު ސަރުކާރާއި އިދިކޮޅު ފަރާތްތަކާ ދެމެދު އުފެދިފައިވާ ހިޔާލުތަފާތުވުމާމެދު ގޮތެއް ނިންމުމަށް ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލައާ ގުޅިގެން، ކޯޓުން ވަކި ގޮތެއް ނުނިންމަނީސް އެ މައްސަލަ ކުރިއަށް ނުގެންދިއުމަށް މިއަދު ނެރުނު ވަގުތީ އަމުރަށް މަރުހަބާ ވިދާޅުވާ ކަމަށެވެ. އަދި އެކަމުގެ ސަބަބުން ޝަރުއީ ނިޒާމަށް އޮތް އިތުބާރު ބޮޑުވެގެން ހިނގައްޖެ ކަމަށް ވެސް މޫސަ ވިދާޅުވި އެވެ.މޫސަ އަދި ވިދާޅުވީ، އެ މައްސަލައިގައި، ގާނޫނު އަސާސީން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ ބާރު އުނިވާގޮތަށް އެއްވެސްކަމެއް ކޯޓުން ނުނިންމާނެ ކަމަށް އުއްމީދު ކުރައްވާކަމަށާއި އެފަދަ ކަމެއް ނިންމައިފިނަމަ ތަފްސީލް ބަޔާނެއް ކޯޓުން ނެރޭނެކަމަށް ފެނިވަޑައިގަންނަވާ ކަމަށެވެ.ރައްޔިތުންގެ މަޖިލީހުގައި މިއަދު އޮތް ޖަލްސާގައި، މަޖިލީހުގެ ކޮމިޓީތަކަށް ސަރުކާރުގެ އިސްވެރިން ހާޒިރު ކުރުވުމުގެ މައްސަލައަކީ ވެސް ބޮޑު މައްސަލައެއް ކަމަށް އިޝާރާތް ކުރައްވައި މޫސަ ވިދާޅުވީ އެއީ އެކަން ކުރެވޭނެ ގޮތްނޫން ކަމަށާއި އެކަން އެގޮތަށްކުރިއަ ނުދެއްވާނެ ކަމަށެވެ. އެ ގޮތަކަށް ކޮމިޓީން އަމަލު ކުރާނަމަ އެފަދަ ފަރާތްތަކުން ކޯޓަށް ވަޑައި ގަތުމަށް ވެސް މޫސަ ވަނީ އެދިވަޑައިގެންފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ