ދެއްވަދޫ ގެއަކުން ވަގަށް ނެގި ފައިސާތައް ހޯދާ މީހަކު ހައްޔަރުކޮށްފި

ގއ. ދެއްވަދޫ ގެއަކުން 15000 ރ. ވަގަށް ނަގާފައިވާ ކަމަށް ފުލުހުންނަށް ހުށަހެޅުނު މައްސަލައަކާއި ގުޅިގެން ފުލުހުން ކުރި މަސައްކަތުން އެފައިސާތައް ހޯދައި، އެވައްކަންކުރި ކަމަށް ތުހުމަތުކުރެވޭ މީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފި އެވެ.
ފުލުހުން ބުނީ މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ 26 އަހަރުގެ ފިރިހެނެއް ކަމަށެވެ. އޭނާއަކީ ވައްކަމާއި މާރާމާރީ މައްސަލަތަކުގެ ކުށުގެ ރެކޯޑް އޮންނަ މީހެއް ކަމަށްވެސް ފުލުހުން ބުނެ އެވެ.
ގދ. ތިނަދޫ ޕޮލިސް ސްޓޭޝަންގެ ފުލުހުން ކުރި މަސައްކަތުން އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ އިއްޔެ ހެނދުނު 10:40 އެހާއިރު ތިނަދޫ ބަނދަރު ސަރަޙައްދުންނެވެ.
ދެއްވަދޫ ގެއިން ވަގަށް ނަގާފައިވާ ފައިސާތައް ފެނިފައިވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި މީހާ ބަލައިފާސްކުރިކުރުމުން އޭނާ ލައިގެން ހުރި ބޮކްސާ ތެރެއިން ކަމަށާއި މި މައްސަލަ ގދ. ތިނަދޫ ޕޮލިސް ސްޓޭޝަނުން ތަހުގީގު ކުރަމުންދާ ކަމަށްވެސް ފުލުހުން ބުނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ