ރައީސް މައުމޫން ރައީސް ސޯލިހާއި ބައްދަލުކުރައްވާ ކަންބޮޑުވުންތައް ހިއްސާކޮށްފި

ސަރުކާރު ކޯލިޝަން އެމްއާރްއެމްގެ އިންތިގާލީ ރައީސް އަދި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހާއި ބައްދަލުކުރައްވައިފިއެވެ.
ރައީސް މައުމޫން މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައީސް ސޯލިހާއި ބައްދަލުކުރައްވާ ގައުމީ ބައެއް ކަންކަމުގައި ހުރި ކަންބޮޑުވުންތައް ހިއްސާ ކުރެއްވުމަށް ކަމަށެވެ. އަދި އެ ފުރުސަތު ރައީސް ސޯލިހު ދެއްވުމުން ޝުކުރު އަދާ ކުރައްވާ ކަމަށްވެސް ރައީސް މައުމޫން ވިދާޅުވިއެވެ. ރައީސް މައުމޫނު ވަނީ މީގެކުރިންވެސް މިފަދައިން ބައެއް ކަންކަމުގައި ހުންނަ ކަންބޮޑުވުންތަކާއި ގުޅިގެން ރައީސް ސޯލިހާއި ބައްދަލުކުރައްވާ މަޝްވަރާ ކުރައްވާފައެވެ.
ރައީސް މައުމޫން ރައީސް ސޯލިހާއި ބައްދަލުކުރެއްވިިއިރު އިއްޔެ ރައީސް މައުމޫން ވަނީ އިންތިހާބު ފަސް ކުރުމަށް ގޮވާލާފައެވެ. އެއީ ކޮވިޑް19 އަށް ރައްކާތެރިވުމުގެ ގޮތުން އަޅާ ފިޔަވަޅެއްގެ ގޮތުގައި ކަމަށް ރައީސް މައުމޫން ވިދާޅުވިއެވެ.
ނަމަވެސް ސަރުކާރު ހިންގާ މައިޕާޓީ އެމްޑީޕީ އަދި އިދިކޮޅު ކޯލިޝަނުން ވެސް ވަނީ އިންތިހާބު ފަސް ކުރުމަށް ދެކޮޅު ހަދާފައެވެ. އެގޮތުން އެ ދެޕާޓީގެ އިސް ފަރާތްތަކުން ވިދާޅުވަނީ އިންތިހާބު ފަސްކުރަންޖެހޭ ހާލަތެއް ނެތް ކަމަށެވެ. އަދި މިވަގުތު އިންތިހާބު ބާއްވަން ނިންމާފައިވާ ތާރީހުގައި އިންތިހާބު ބޭއްވުމަށް މެންބަރުން ވަނީ ވިދާޅުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ