މިއަދުން ފެށިގެން ހަވީރު 4
އިން ހެނދުނު 6 އަށް މީދޫގައި އެއްގަމު އުޅަނދު ދުއްވުން މީދޫ ކައުންސިލުން
މަނާކޮށްފިއެވެ. ކޮވިޑް 19 އާއި ގުޅިގެން
އެކުލަވާލާފައިވާ ޓާސްކްފޯސްގެ ލަފާގެ މަތިން މި ނިންމުން ނިންމާ އެކަން
އިޢުލާންކޮށްފައިވާއިރު އިޢުލާނުގައި ބުނެފައިވަނީ މިވަގުތުތަކުގައި މަގުމައްޗަށް
ނިކުމެވޭނީ ޓާސްކްފޯސްގެ ޑިއުޓީ އަދާކުރާ ފަރާތްތަކަށާއި ޒަރޫރީ ބޭނުމެއްގައިވެސް
ޓާސްކްފޯސްގެ ހުއްދަ ލިބިފައިވާ ފަރާތްތަކަށްކަމަށެވެ. މީގެ އިތުރުން ޒަރޫރީ
ބޭނުމެއްގައި ފިޔަވާ ހުރިހާ ވަގުތެއްގައިވެސް މަގުމަތީގައި އުޅުމަކީ މަނާކަމެއްކަމަށްވެސް
ވަނީ ނިންމާފައެވެ. ފިހާރަތައް ހުޅުވުމަށް ހަމަޖައްސާފައިވާ ގަޑިތައް ފިޔަވާ
އެހެން ގަޑިތަކުގައި ޒަރޫރީ ބޭނުމެއްގައި ބޭރަށް ވަޑައިގަންނަވަން ބޭނުންވެލައްވާ
ފަރާތްތަކުން ބޭރަށް ވަޑައިގަންނަވާ ފަރާތުގެ ނަމާއި ނިކުންނަށް ބޭނުން ޖައްސަވާ
ޓާސްކްފޯސްގެ ހޮޓްލައިން ނަމްބަރު 7286944 އަށް މެސެޖް ކުރުމަށް އެދިފައިވެއެވެ.
ޓާސްކްފޯސްގެ ނަމްބަރަށް މެސެޖް
ކުރުމުން ބޭރަށް ނިކުންނަން ވާނީ މެސެޖްގެ ޖަވާބު ލިބި އަދި މެސެޖްކުރި ފޯން
ހިފައިގެންކަމަށްވެސް ޓާސްކްފޯސްއިން ބުނެފައިވެއެވެ. އެހެންނަމަވެސް ރަސްމީ
ޑިއުޓީތަކަށް ވަޑައިގަންނަވާ ބޭފުޅުން މި ހުއްދަ ހޯދަން ނުޖެހޭނެކަމަށް
އިޢުލާނުގައިބުނެފައިވެއެވެ.
ހަވީރު 4 އިން ފެށިގެން ހެނދުނު 6 އަށް އެއްގަމު އުޅަނދު ދުއްވުން މަނާކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ