ވަކި މީހަކު ނައިބު ރައީސް ކަމަށް ގެންނަށް ތާއީދެއް ނުކުރަން: މައުމޫން
ނައިބް ރައީސް ކަމުގެ މަގާމަށް ވަކި މީހަކު ގެންނަން ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ތާއީދުކުރައްވާ ކަމަށް ދެކެވޭ ވާހަކަތައް އެ މަނިކުފާނު ދޮގުކުރައްވައިފި އެވެ. ރައީސް މައުމޫން ރޭ ކުރައްވާފައިވާ ޓުވީޓެއްގައި ވިދާޅުވެފައި ވަނީ ވަކި މީހަކު ނައިބު ރައީސް ކަމުގެ މަގާމަށް ގެނައުމަށް އެމަނިކުފާނު ތާއީދުކުރައްވާފައިނުވާނެ ކަމަށެވެ. ނައިބް ރައީސް ކަމުގެ މަގާމު ހުސްވެއްޖެ ނަމަ އެ މަގާމަށް ބޭފުޅަކު އައްޔަން ކުރުމަކީ ރައީސުލްޖުމްހޫރިއްޔާއަށް ގާނޫނު އަސާސީ އިން ލިބިދީފައިވާ ބާރެއް ކަމަށް ވެސް މައުމޫން ވިދާޅުވެފައިވެ އެވެ. މައުމޫން މިހެން ވިދާޅުވެފައި ވަނީ ނައިބު ކަމުގެ މަގާމަށް ގެނައުމަށް އެމަނިކުފާނު ތާއީދު ކުރައްވަނީ އެމްޑީއޭގެ ލީޑަރު އަހުމަދު ސިޔާމް މުހައްމަދު ކަމަށް ބުނެ ބައެއް މީޑިއާތަކުގައި ފަތުރާފައިވާ އެ ވާހަކަތައް ދޮގުކުރައްވަ އެވެ. ނައިބު ރައީސް ކަމުގެ މަގާމުން ޑރ. މުހައްމަދު ޖަމީލު އަހުމަދު ވަކިކުރުމަށް ޓަކައި ޖަމީލުގެ މައްޗަށް އިތުބާރު ނެތް ކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް މިހާރު ވަނީ ހުށަހަޅައިފަ އެވެ. އެ މައްސަލަ މަޖިލީހަށް ހުށަހަޅާފައި ވަނީ ޕީޕީއެމާއި އެމްޑީއޭގެ ޕާލަމެންޓްރީ ގްރޫޕުން ނިންމުމަށް ފަހު ގަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ