ދައުލަތުގެ ފައިސާއިން ވައްކަން ކުރުމަކީ އަނިޔާއެއް: ރައީސް މައުމޫން

ދައުލަތުގެ ފައިސާއިން ވައްކަން ކުރުމަކީ އަނިޔާއެއް ކަމަށް ކުރީގެ ރައީސުލްޖުމްހޫރިއްޔާ މައުމޫން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެއެވެ. 
ރައީސް މައުމޫން އާދީއްތަ ދުވަހު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ކުށެއްނެތި މީހުން ހައްޔަރު ކުރުމަކީ ވެސް އަނިޔާއެއް ކަމަށެވެ. ހަމަ އެހެންމެ ޝަރީޢަތަށް ބާރު ފޯރުވުމަކީ ވެސް އަނިޔާއެއް ކަމަށް ރައީސް މައުމޫން ވިދާޅުވިއެވެ. 
Kusheh nethi meehun hayyaru kurumakee aniyaa eh. Shareeathah baaru foaruvunakee aniyaa eh. Dhaulathuge faisaa in vakkan kurumakee aniyaa eh.
ކުށެއްނެތި މީހުން ހައްޔަރު ކުރުމަކީ އަނިޔާއެއް ކަމަށް ރައީސް މައުމޫން ވިދާޅުވެފައި މި ވަނީ އެމަނިކުފާނުގެ ދަރިކަލުން އަދި ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫންގެ މައްޗަށް ޝަޚުސު އޮޅުވާލުމުގެ ދައުވާއާއި ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކަށް ރިޝްވަތު ދިނުމުގެ ދައުވާ ދައުލަތުން އުފުލައި އެ ދެ މައްސަލައިގެ ޝަރީޢަތައް ކްރިމިނަލް ކޯޓުގައި ފަށާފައިވާ ދަނޑިވަޅެއްގައެވެ. 
ރައީސް މައުމޫން ވިދާޅުވާ ގޮތުގައި ފާރިސް ހައްޔަރު ކޮށްފައި ވަނީ ގާނޫނުއަސާސީއާއި ގާނޫނުގެތަކުގެ ބޭރުންނެވެ. އަދި ފާރިސްގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދެ ދައުވާއަކީ ވެސް އަސްލެއް ނެތް ދެ ދައުވާ ކަމަށް ރައީސް މައުމޫން ވަނީ ވިދާޅުވެފައެވެ. 
ސަރުކާރުން ޝަރީޢަތްތަކަށް ނުފޫޒް ފޯރުވާ ކަމަށާއި އަދި ދައުލަތުގެ ހުރިހާ ބާރުތަކެއް ވަނީ އެކެއްގެ މުށު ތެރޭގައި ކަމަށް ރައީސް މައުމޫން މީގެ ކުރިން ވަނީ ވިދާޅުވެފައެވެ. 
ހަމައެހެންމެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ކޮރޮޕްޝަން އިންތިހާ އަށް ބޮޑުވެފައިވާ ކަމަށާއި ސަރުކާރުން ކުރިއަށް ގެންދާ ގިނަ މަޝްރޫޢުތަކުގައި ކޮރަޕްޝަން އެކުލެވޭ ކަމަށް ރައީސް މައުމޫން ވަނީ ތުހުމަތު ކުރައްވާފައެވެ. 
މީގެއިތުރުން ސަރުކާރުގެ އިސް މަގާމްތަކުގައި ތިއްބަވާ ބޭފުންނަށް ކޮރަޕްޝަންގެ ބޮޑެތި ތުހުމަތުތައް ކުރެވޭއިރު އެ މައްސަލަތައް ނުބަލާ ވަކި ބައެއްގެ މައްސަލަތައް ބަލާ ޝަރީޢަތް ހިންގާ ކަން ވެސް ރައީސް މައުމޫން ވަނީ މީގެކުރިން ފާހަގަ ކުރައްވާފައެވެ. 
އަންތަރީސް ވެއްޖެ
އުފާ ވެއްޖެ
ދެރަ ވެއްޖެ
ރުޅި ގަދަ ވެއްޖެ
މޮޔަވެއްޖެ
ދެން އަތްޖަހާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ