2018 އަށް މަރުހަބާ! މި އަހަރުގެ އަމާޒަކީ ދިވެހިންނަށް ދިވެހިރާއްޖެ ހޯދައިދިނުން - ނަޝީދު

އަންނަ އަހަރުގެ އަމާޒަކީ ރައީސް އަބްދުﷲ ޔާމީން ބަލިކޮށް، ދިވެހި ރާއްޖެ ދިވެހިންނަށް ހޯދައިދިނުން ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ނަޝީދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، 2018 ވަނަ އަހަރަކީ ވިސްނުންތެރިކަމާއި ހިކްމަތްތެރިކަމާއެކު މަސައްކަތް ކުރަންވީ އަހަރެއް ކަމަށެވެ. އަދި އަންނަ އަހަރުގެ އަމާޒަކީ ރިޔާސީ އިންތިހާބަށް އެއް ކެޑިޑޭޓަކު ނެރެ، އިންތިހާބުގައި ރައީސް ޔާމީން ބަލި ކުރުން ކަމަށް ނަޝީދު ވިދާޅުވިއވެ.
"އަޅުގަނޑުގެ މުޅި އަމާޒަކީ ރިޔާސީ އިންތިހާބަކަށް އެއް ކެޑިޑޭޓަކު ނެރެ، ރައީސް ޔާމީން ބަލިކޮށް، ދިވެހި ރާއްޖެ ދިވެހިންނަށް އަނެއްކާވެސް ހޯދައިދިނުން." ނަޝީދު ވިދާޅުވިއެވެ.
ނަޝީދު މިހެން ވިދާޅުވިއިރު މީގެ ކުރިން އެމަނިކުފާނު ވަނީ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެ ކަމަށް ވިދާޅުވެފައެވެ. ނަމަވެސް އިދިކޮޅު އިއްތިހާދުގައި ހިމެނޭ ޖުމްހޫރީ ޕާޓީން ވަނީ އެ ޕާޓީން ކެންޑިޑޭޓެއްގެ ގޮތުގައި ނެރެން ބޭނުންވަނީ ގާސިމް އިބްރާހިމް ކަމަށް ބުނެފައެވެ.
ނަމަވެސް މި ދެ ބޭފުޅުންނަކީ ރައީސް ކަމަށް ކުރިމަތިލުމުގެ ޝަރުތު ހަމަ ނުވާ ދެ ބޭފުޅުންނެެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ