2018 ވަނައަހަރުގެ ބަޖެޓަކީ ޑެފިސިޓް ސިޔާސީ ބަޖެޓެއްނޫން
ސަރުކާރުން ރައްޔިތުންނަށް ހުށައެޅި ބަޖެޓަކީ ޑެފިސިޓް ބަޖެޓެއް ނޫކަމަށާއި އެވާހަކަތަކަކީ އިދިކޮޅު ފަރާތްތަކުން ދައްކާނެ ވާހަކައެއް ނެތުމުން މިހާރު ދައްކަމުންދާ ވާހަކަތަކެއްކަމަށް ސަރުކާރަށް ތާއީދުކުރައްވާ މެންބަރުން ވިދާޅުވެއްޖެއެވެ. 2018 ވަނައަހަރަށް ލަފާކޮށް ހުށަހަޅާފައިވާ ދައުލަތުގެ ބަޖެޓް ރައްޔިތުންގެ މަޖީލީހުން މިއަދު ފާސްކުރައްވާފައި ވާއިރު އިދިކޮޅު ފަރާތްތަކުން ވޯޓްގައި ބައިވެރިވެފައެއްނުވެއެވެ. މިބަޖެޓާއި ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުން ދައްކަމުންދާ ވާހަކަތަކަށް ރައްދުދެއްވާ ޕީޕީއެމްގެ ޕާލިމެންޓްރީ ގުރޫޕްގެ މެންބަރުން ވިދާޅުވީ އަންނަ އަހަރަށް ލަފާކޮށް ދައުލަތުން ހުށަހަޅާފައިވާ ބަޖެޓަކީ ޑެފިސިޓްވެފައިވާ ސިޔާސީ ބަޖެޓެއްކަމަށް ވިދާޅުވެ އިދިކޮޅު ފަރާތްތަކުން ދައްކަމުންދާ ވާހަކަތަކަކީ ރައްޔިތުންގެ މެދުގައި ފިތުނަފަސާދަ އުފެއްދުމަށްޓަކައި ދައްކަމުންދާ ވާހަކަތަކެއްކަމަށެވެ. އަދި މިވާހަކަތައް އިދިކޮޅު ފަރާތްތަކުން ދައްކަމުންދާއިރު، ބަޖެޓްގެ ބަހުސް މަރުހަލާގައި ބައިވެރިނުވީ ކީއްވެތޯ އެމެންބަރުން ވަނީ ސުވާލު އުފައްދަވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ