މާފަންނު އުތުރު ދާއިރާގެ އެމްޑީޕީ މެމްބަރު އިމްތިޔާޒު ފަހުމީ (އިންތި) ގެ ޕާސްޕޯޓް ހިފަހައްޓައިފި އެވެ.
އެންމެ ބޮޑު އިދިކޮޅު ޕާޓީ، އެމްޑީޕީގެ ސްޕޯކްސްޕާސަންގެ މަގާމު ވެސް އަދާކުރައްވަމުން އަންނަ އިންތިގެ ޕާސްޕޯޓް ހިފަހައްޓާފައިވަނީ ކްރިމިނަލް ކޯޓުގެ ގާޒީ އަލީ އާދަމް މިިދިޔަ ބުރާސްފަތި ދުވަހު ނެރުއްވި އަމުރަކުންނެވެ. އެ އަމުރުގައި ބުނެފައިވާ ގޮތުގައި އިންތިގެ ޕާސްޕޯޓް ހިފެހެއްޓީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފައި ވަނިކޮށް ރާއްޖޭގެ ހުރިހާ ރަށަކުން މީހުން މަގުތަކަށް ނުކުމެ ސަރުކާރާ ދެކޮޅަށް އަޑު އުފުލައި، މުޒާހަރާ ކުރަން ހިތްވަރު ދެއްވި ކަމަށް ބުނާ މައްސަލައާ ގުޅިގެންނެވެ.
މިދިޔަ ހުކުރު ދުވަހު އިދިކޮޅު ފަރާތްތަކުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ހުރިހާ ރަށެއްގެ މަގުތަކަށް މީހުން ނިކުމެ، ސަރުކާރާ ދެކޮޅަށް މުޒާހަރާ ކުރުމަށް ހިތްވަރު ދެއްވި ކަމަށް ބުނެ، އެ ނޫސްވެރިންގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތާއި އަދާލަތު ޕާޓީގެ މީޑިއާ ކޮމެޓީގެ ޗެއާމަން އަލީ ނަޒީރުގެ މައްސަލަ ވެސް ފުލުހުން އަންނަނީ ތަހުގީގުކުރަމުންނެވެ.
ނަޒީރުގެ ޕާސްޕޯޓް ކުރިން ވަނީ ހިފަހައްޓައިފަ އެވެ.
މި މައްސަލާގައި މީގެ ކުރިން އިންތި ފުލުހުންގެ އިދާރާއަށް ހާޒިރުކޮށް ސުވާލުކޮށްފައި ވާއިރު މިއަދު ހެނދުނު ވެސް އިންތި ވަނީ އޯޑިއޯ އަދި ޕޮޓޯ ސާމްޕަލް ނެގުމަށް ހާޒިރުކޮށްފަ އެވެ.
ޕާސްޕޯޓް ހިފެހެއްޓުމުގެ އަމުރަށް ކޯޓުގައި އެދެމުން ފުލުހުން ބުނެފައި ވަނީ، އިންތިގެ މައްޗަށް ކުރާ ތުހުމަތާ ގުޅިގެން އޭނާ ފިލައިގެން ދާން އުޅޭ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށާއި އޭނާ ފިލައިގެން ހިނގައްޖެ ނަމަ މައްސަލައިގެ ތަހުގީގަށް ހުރަސްއެޅޭނެ ކަމަށެވެ.
Hurihaa rashakun meehun maguthakah nukume muzaaharaakuran hivvaru dhin kamah bune Inthi fuluhah
Mihaaru
މެމްބަރު އިމްތިޔާޒުގެ ފާސްޕޯޓު ހިފަހައްޓައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ