ޗައިނާ އީސްޓަން ފްލައިޓެއްގައި ޕަވާ ބޭންކެއްގައި ރޯވެއްޖެ

ޗައިނާ އީސްޓަން އެއާލައިންސްގެ ފްލައިޓެއްގައި އިން ފަސިންޖަރެއްގެ އަތްދަބަހެއްގައި އޮތް ޕަވާ ބޭންކެއްގައި ރޯވި އަލިފާން، އެ ފްލައިޓުގެ ކްރޫން ނިއްވާލައިފިއެވެ. ސައުތު ޗައިނާ މޯނިން ޕޯސްޓުން ރިޕޯޓުކޮށްފައިވާ ގޮތުގައި، މި ހާދިސާ ހިނގާފައިވަނީ މިދިޔަ ހުކުރު ދުވަހު ލަންޖޯއިން ފުރައިގެން ގުއިޔަންގްއަށް ދަތުރުކުރި ފްލައިޓް އެމްޔޫ2421 ޖެއްސުމަށްފަހު ޓާމިނަލަށް ދިޔަ މަގުމަތީގައެވެ. އޭވިއޭޝަން ސޭފްޓީ ނެޓްވޯކާ ހަވާލާދީ މީޑިއާތަކުން ބުނާ ގޮތުގައި، މަތީގައި ހުންނަ ލަގެޖް ކޮމްޕާޓްމަންޓުގައި އޮތް ދަބަހެއްގައި ރޯވި މި އަލިފާނުގެ ސަބަބުން އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެއް ނުވެއެވެ. ނަމަވެސް ބޯޓުގެ އެތެރެއަށް ދުމުގެ އަސަރުކޮށްފައިވާ ކަމަށް އެ ފަރާތުން ބުނެފައިވެއެވެ. https://x.com/Fahadnaimb/status/2080548307118813460?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E2080548307118813460%7Ctwgr%5E6339e91fe29b8551cea110f89f54041595d48c61%7Ctwcon%5Es1_&ref_url=https%3A%2F%2Fgulfnews.com%2Fworld%2Fasia%2Fmid-air-scare-power-bank-catches-fire-aboard-china-eastern-flight-raising-safety-concerns-1.500622433 "އަހަރެން ހީކުރީ ބޯޓުގެ ބޭރުގައި އަލިފާން ރޯވީ ކަމަށް. ނަމަވެސް މައްޗަށް ބަލާލިއިރު، މަތީގައި ހުންނަ ލަގެޖް ކޮމްޕާޓްމަންޓުން ހުޅުގަނޑު ނުކުންނަތަން ފެނުނު،" ފަސިންޖަރަކާ ހަވާލާދީ ދަ ސަން ނޫހުގައި ރިޕޯޓުކޮށްފައިވެއެވެ. މަތިންދާބޯޓުތަކުގައި ލިތިއަމް ބެޓެރީ ރޯވުމުގެ ހާދިސާތައް އިތުރުވަމުންދާތީ، ގިނަ ގައުމުތަކަކުންނާއި އެއާލައިންތަކަކުން ވަނީ ޕަވާ ބޭންކު އެރުވުމުގެ ގަވާއިދުތައް ހަރުކަށިކޮށްފައެވެ. ޗައިނާގެ ސިވިލް އޭވިއޭޝަން އެޑްމިނިސްޓްރޭޝަނުން ވަނީ ޖޫން 2025 އިން ފެށިގެން، 'ތްރީސީ' (ޗައިނާ ކޮމްޕަލްސަރީ ސެޓްފިކޭޝަން) މާކް ނެތް ޕަވާ ބޭންކުތައް އެ ގައުމުގެ އެތެރޭގެ އުދުހުންތަކަށް އެރުވުން މަނާކޮށްފައެވެ. މީގެ އިތުރުން، ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) ގެ އެމިރޭޓްސް، އިއްތިހާދު އެއާވޭސް އަދި ފްލައިދުބާއީ ފަދަ އެއާލައިންތަކުންވެސް ވަނީ ފަސިންޖަރަކަށް 100 ވޮޓް-އަވާ (ޑަބްލިއުއެޗް) ގެ އެންމެ ޕަވާ ބޭންކެއް އެރުވޭ ގޮތަށް ގަވާއިދުތައް ބަދަލުކޮށްފައެވެ. އެމިރޭޓްސްއިން މިދިޔަ އޮކްޓޯބަރުގައި އަމަލުކުރަން ފެށި ގަވާއިދުގެ ދަށުން، ދަތުރުމަތީގައި ޕަވާ ބޭންކު ބޭނުންކުރުމާއި، މަތީގައި ހުންނަ ލަގެޖް ކޮމްޕާޓްމަންޓަށް ޕަވާ ބޭންކު ލުން ވަނީ މަނާކޮށްފައެވެ. އަދި އިއްތިހާދު އެއާވޭސްއިންވެސް ވަނީ ދަތުރުމަތީގައި ޕަވާ ބޭންކު ބޭނުންކޮށްގެން ފޯނު ފަދަ ތަކެތި ޗާޖުކުރުން މަނާކޮށްފައެވެ. ފްލައިދުބާއީން ހުއްދަދެނީ 100 ޑަބްލިއުއެޗްއަށް ވުރެ މަތިނޫން ޕަވާ ބޭންކުތައް އެރުވުމަށެވެ. އެއަށްވުރެ މަތީ ކެޕޭސިޓީގެ ޕަވާ ބޭންކުތައް އެރުވޭނީ އެއާލައިންގެ ހާއްސަ ހުއްދައެއް ލިބިގެން ކަމަށް އެ ކުންފުނިން ކަނޑައަޅާފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ