އިތުރު ފާމަސިސްޓުން ތަމްރީންކުރަން މަޝްވަރާކޮށްފި

ފާމަސީ ދާއިރާއިން ދިވެހިން ތަމްރީނުކުރުން އިތުރުކުރުމަށް މޯލްޑިވްސް ނޭޝަނަލް ޔުނިވަސިޓީ (އެމްއެންޔޫ) ގެ ފެކަލްޓީ އޮފް ހެލްތު ސައިންސަސްއާއެކު ސްޓޭޓް ފާމާއިން މަޝްވަރާކޮށްފި އެވެ.ރާއްޖޭގެ އެކި ކަންކޮޅުތަކަށް ބޭނުންވާ ފާމަސިސްޓުން ހޯދުމަށް ސްޓޭޓްފާމާ އިން ގިނަ އިއުލާނުތަކެއް ކޮށްފައިވާއިރު މި ދާއިރާއިން ތަމްރީން ލިބިފައިވާ ދިވެހިން މަދު ކަމަށް އެ ކުންފުނިން ވަނީ ފާހަގަކޮށްފަ އެވެ.ސްޓޭޓްފާމާ އިން މިދިޔަ މަހުގައިވެސް 30 އަށްވުރެ ގިނަ ފާމަސިސްޓުން ހޯދަން އިއުލާނުކުރި އެވެ.އެ ގޮތުން ސްޓޭޓްފާމާ އިން ވަނީ އެމްއެންޔޫ އާ ބައްދަލުކޮށް ދާއިރާއިން ކިޔަވާ ކުދިން އިތުރުކުރުމަށް ކުރެވެން ހުރި ކަންތައްތަކާއި ބެހޭގޮތުން މަޝްވަރާކޮށްފަ އެވެ.އަލަށް ގުޅޭ މުވައްޒަފުންގެ އިތުރުން، މިހާރު ފާމަސީ ދާއިރާގައި މަސައްކަތްކުރާ ހުރިހާ ފަރާތްތަކަށް ހާއްސަކޮށްގެން ރިފްރެޝަ ކޯސްތަކެއް ހިންގުމަށް ނިންމާފައިވާ ކަމަށްވެސް ސްޓޭޓް ފާމާއިން ބުންޏެވެ. މީގެ ބޭނުމަކީ މުވައްޒަފުންގެ ހުނަރު އިތުރުކޮށް، ބޭސް ދޫކުރުމުގައި ހިފަހައްޓަންޖެހޭ މިންގަނޑުތަކަށް އަހުލުވެރިކުރުވައި، ހިދުމަތުގެ ފެންވަރު ރަނގަޅުކުރުމެވެ. ދިވެހި ޒުވާނުންނަށް އެ ކުންފުނީގެ ވަޒީފާގެ ދޮރުތައް އަބަދުވެސް ހުޅުވިފައި ހުންނާނެ ކަމަށް ސްޓޭޓް ފާމާއިން ބުންޏެވެ.ސްޓޭޓް ފާމަސިއުޓިކަލްސް އެންޑް މެޑިކަލް ސަޕްލައި ކޯޕަރޭޝަންއަކީ ރައީސްގެ ގަރާރަކުން މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގައި ވުޖޫދުކޮށްފައިވާ ކުންފުންޏެކެވެ. އެގޮތުން، އެސްޓީއޯގެ ދަށުން މީގެ ކުރިން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިންގަމުން އައި ހުރިހާ ފާމަސީތަކާއި މުވައްޒަފުން މި މަހުގެ 1 ވަނަ ދުވަހުން ފެށިގެން ވަނީ އެ ކުންފުނީގެ ދަށަށް ރަސްމީކޮށް ބަދަލުކޮށް، މަސައްކަތްތައް ފަށާފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ