އިންޑިއާގެ މަދްޔަޕްރަދޭޝްގެ ޚަޖުރާހޯގައި ހުންނަ އެއާޕޯޓަކީ މިވަގުތު އެއްވެސް ކޮމާޝަލް ފްލައިޓެއް ދަތުރުނުކުރާ އެއާޕޯޓެއް ނަމަވެސް، އެ ގައުމުގެ އެންމެ ހިދުމަތް ރަނގަޅު އެއާޕޯޓުގެ ލަގަބު އެ އެއާޕޯޓަށް ލިބިއްޖެއެވެ.
ޖުލައި އަދި އޮގަސްޓް މަހު އެއްވެސް ފްލައިޓެއް މި އެއާޕޯޓަށް ދަތުރުނުކުރާއިރު، މި ނަތީޖާއާއެކު އިންޑިއާގެ އޭވިއޭޝަން ސިނާއަތުގެ ގިނަ ބައެއްގެ މެދުގައި ވަނީ ސުވާލުތަކެއް އުފެދިފައެވެ. ކުރިން މި އެއާޕޯޓުން ދިއްލީ އަދި ވަރަނާސީއަށް ދަތުރުތައް ކުރި ނަމަވެސް، މިހާރު އެ ދަތުރުތައް ވަނީ މެދުކަނޑާލާފައެވެ. އެއާޕޯޓުގެ ޑިރެކްޓަރު ސަންތޯޝް ސިންގް ވިދާޅުވީ ޖުލައި 1 އިން ފެށިގެން އެއްވެސް ފްލައިޓެއް އޮޕަރޭޓް ނުކުރާ ކަމަށާއި، ނަމަވެސް އަންނަ އޮކްޓޯބަރު މަހު އަލުން ދިއްލީ އަދި ވަރަނާސީގެ ދަތުރުތައް ފެށޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.
590 އޭކަރުގެ ބޮޑު ސަރަހައްދެއްގައި އޮންނަ މި އެއާޕޯޓަކީ 1960 ގެ އަހަރުތަކުގެ ފަހުކޮޅު އިމާރާތްކޮށް ނިންމި ތަނެކެވެ. މި އެއާޕޯޓުގައި ފުރަތަމަ ފްލައިޓެއް ޖެއްސީ 1978 ވަނަ އަހަރެވެ. ޔުނެސްކޯގެ ދުނިޔޭގެ ތަރިކައިގެ ލިސްޓުގައި ހިމެނޭ ޚަޖުރާހޯ ފައްޅިތަކަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށް މި އެއާޕޯޓަކީ ވަރަށް މުހިންމު ތަނެކެވެ. މި ލިބުނު ކުރިއެރުމާއެކު، ދަތުރުތައް އަލުން ފެށުމުން އިތުރު ފަތުރުވެރިން އެ ސަރަހައްދަށް ޒިޔާރަތްކުރާނެ ކަމަށް ބެލެވެއެވެ.
އިންޑިއާގެ ޚިދުމަތް އެންމެ ރަނގަޅު އެއާޕޯޓަކަށް ބަންދުކޮށްފައިވާ އެއާޕޯޓެއް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ