ޗައިނާގައި ބާއްވާ އާރްއޭސީ ތަމްރީނު ޕްރޮގްރާމެއްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

ތަމްރީނުގައި ބައިވެރިވާ ފަރާތްތަކުގެ ހުރުން ޗައިނީސް އެސޯސިއޭޝަން ފޯރ ރެފްރިޖަރޭޝަނުން ހަމަޖައްސައިދޭއިރު، ދަތުރުފަތުރާއި ކެއުމުގެ ޚަރަދު ހަމަޖައްސައިދޭނީ އެންވަޔަރަންމަންޓް މިނިސްޓްރީންނެވެ. މި ޕްރޮގްރާމަށް ޝައުޤުވެރިވާ ފަރާތްތަކުން 31 ޖުލައި 2026 ވާ ބުދަ ދުވަހުގެ 14:00 ގެ ކުރިން [email protected] އަށް އެޕްލިކޭޝަން ހުށަހަޅަންޖެހެއެވެ. އިތުރު މަޢުލޫމާތު ހޯދުމަށް މިނިސްޓްރީގެ ނަންބަރުތަކަށް ނުވަތަ އޯޒޯން ޔުނިޓުގެ އީމެއިލަށް ގުޅުއްވުމަށް މިނިސްޓްރީން އިލްތިމާސްކުރެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ