ކެންދޫ އާ އިންޖީނުގެ އިމާރާތް ކުރާނެ ބަޔަކު ހޯދަނީ

ބ. ކެންދޫ އާ އިންޖީނުގެއާއި އޮފީސް އިމާރާތް ކުރާނެ ބަޔަކު ހޯދަން ފެނަކަ ކޯޕަރޭޝަނުން އިއުލާން ކޮށްފިއެވެ.
ފެނަކަ ކޯޕަރޭޝަނުން ކުރި އިއުލާނުގައި ބުނީ، އެ ކުންފުނިންދޭ ކުރެހުމާ އެއްގޮތަށް ކެންދޫ އާ އިންޖީނުގެ އާއި އޮފީސް އިމާރާތްކޮށްދޭން ބޭނުންވާ ބަޔަކަށް ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.
މިމަސައްކަތާ ގުޅޭ މައުލޫމާތު ކަރުދާހާއި، ކުރެހުން އަދި ބީއޯކިޔު ހިމެނިފައިވާ ސީޑީ، ބިޑުގައި ބައިވެރިވާން ރަޖިސްޓްރީ ކުރާ ފަރާތްތަކަށް ރަޖިސްޓަރކުރާ ވަގުތު ލިބޭނެ ކަމަށްވެސް
އިއުލާނުގައި ބުނެފައިވެ އެވެ.
މި މަސައްކަތް ކުރަން ޝައުގުވެރިވާ ފަރާތްތަކުން އަންދާސީ ހިސާބު  ހުށަހަޅަން ޖެހެނީ މިމަހުގެ 28ވަނަ ދުވަހުގެ ހެނދުނު 11:30ގެ ކުރިންނެވެ
ފެނަކައިން އަންނަނީ އެކުންފުނީގެ ޚިދުމަތްދޭ ރަށްތަކުގެ އިންޖީނުގޭތަކުގެ އޮތުރުން އެ އިދާރާގެ އޮފީސްތައްވެސް ޒަމާނީކޮށް، ޒަމާނީ ފެންވަރަކަށް އިމާރާތް ކުރުމުގެ ގިނަ މަޝްރޫޢުތަކެއް ހިންގަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ