ބްރޯޑްކާސްޓިން ކޮމިޝަންގެ މެމްބަރު ކަމަށް ކުރިމަތިލުމަށް ހުޅުވާލައިފި

މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަންގެ މެންބަރެއްގެ މަގާމުގެ މުއްދަތު ހަމަވާތީ މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނަށް މެންބަރަކު ޢައްޔަންކުރެއްވުމަށްޓަކައި، އެ މަގާމަށް ކުރިމަތިލުމުގެފުރުސަތު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު ހުޅުވާލައްވައިފިއެވެ.
އެގޮތުން މި މަގާމަށް ޝައުގުވެރިވާ ފަރާތްތަކުން މިއަދުން ފެށިގެން 2021 މާރިޗް މަހުގެ 22 ވާ ހޯމަ ދުވަހުގެ 13:30 ގެ ނިޔަލަށް ފޯމް ހުށަހެޅުމަށް ވަނީ ހުޅުވާލާފައެވެ. މި މަގާމަށް ކުރިމަތިލުމަށް އެދޭ ފޯމު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ރިސެޕްޝަނުން ލިބެން ހުންނާނެ ކަމަށް ރައީސް އޮފީހުން ހާމަކުރެއެވެ.
ބްރޯޑްކޮމްގެ މެމްބަރުކަމަށް ރައީސް އޮފީހުން ހުޅުވާލާފައިވަނީ އެ ކޮމިޝަންގެ މެމްބަރު އާމިނަތު ސަރާހަތު އިއްޒަތުގެ މަގާމުގެ މުއްދަތު އަންނަ މަހުގެ ފަސް ވަނަ ދުވަހަށް ހަމަވާތީއެވެ. ބްރޯޑްކާސްޓިން ކޮމިޝަނަކީ 7 މެމްބަރުންގެ މައްޗަށް އެކުލެވޭ ކޮމިޝަނެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ