ފަލަސްޠީނުގެ އިރުމަތީ އައްސޭރީގެ ރަށަކުން ފަލަސްޠީނުގެ ރައްޔިތުން ނެރެލައިފި
ފަލަސްޠީނުގެ އިރުމަތީ އައްސޭރީގައިވާ އަލް ޤުދުސް އާއި މަޢާލީ އަދުމިމް ގުޅޭ ހިސާބުގައިވާ ރަށެއްކަމުގައިވާ ބާބުއްޝަމްސިން 150 ފަލަސްޠީން ރައްޔިތުން ނެރެލާ، އަނބުރާ އެރަށަށް އެރުން މަނާ ކޮށްފިއެވެ. އިސްރާއީލުގެ އާމީ ރޭޑިޔޯތަކުން ޚަބަރުދޭ ގޮތުގައި ދަންވަރު 3 ޖަހާއިރު އިސްރާއީލް ސިފައިންގެ އޮފިޝަލުންތަކެއް ވަނީ އެރަށަށް އަރާ މުޅި ތަން ޙިޞާރުކޮށްފައެވެ. ހަމަހިމޭންކަމާއިއެކު މިކަމަށް އިޙްތިޖާޖު ކުރުމުގެ ގޮތުން އެރަށުގައި ތިބި ފަލަސްޠީނު ރައްޔިތުންވަނީ ބިންމަތީގައި އިށީނދެ، ނިކުތުމަށް އިންކާރުކޮށްފައެވެ. ނަމަވެސް އިސްރާއީލް ސިފައިންވަނީ އެތަނުގައި ތިބި ފަލަސްޠީނު ރައްޔިތުން އެތަނުން ނެރުމަށްޓާކައި ބާރުގެ ބޭނުން ކޮށްފައެވެ. ފަލަސްޠީނުން މަޢުލޫމާތު ދެއްވި ފަރާތެއް ހާމަ ކުރައްވާ ގޮތުގައި ރަބަރު ވަޒަނަކުން ލޮލަށް އަނިޔާވެ ގެއްލުންލިބުނު ފަލަސްޠީނުގެ ރައްޔިތަކުވަނީ ރާމަﷲ ގެ ހޮސްޕިޓަލަކަށޤ ގެންދެވިފައެވެ. މިރަށުން ނެރެލެވުނު ފަލަސްޠީނު ރައްޔިތުން ބަސްތަކުގައި އިސްރާއީލުގެ ގެންދެވިފައިވަނީ ޤަލަންދިއްޔާ ޗެކްޕޮއިންޓަށެވެ. ރިޕޯޓުތަކުން ބުނާ ގޮތުގައި ޖާރނަލިސްޓުންނަށާއި ރިޕޯރޓަރުންނަށް އިސްރާއީލް ސިފައިންނަށް ވަނީ އިސްރާއީލް ސަރުކާރުން އަންގާފައެވެ. އެހެނަސް ޢަރަބި، އަދި ފަލަސްޠީނުގެ ރިޕޯރޓަރުންނަށް މިސަރަޙައްދާއި ގާތްވުމަށްވަނީ ހުއްދަދީފައެވެ. އިސްރާއީލުގެ އާމީ ރޭޑިޔޯއިން ހާމަކުރާގޮތުގައި ފަލަސްޠީނުގެ ރައްޔިތުން އަލުން އަނބުރާ އެރަށަށް އެރިޔަ ނުދިނުމަށްޓަކައި އެރަށުގައި އިސްރާއީލް ސިފައިން ފޯރިމަރާ އެ ރަށް ‘ޙިމާޔަތް’ ކުރާނެއެވެ. 1967ގައި އިސްރާއީލުން ހިފާފައިވާ ފަލަސްޠީނުގެ ބިންތަކުގައި އިސްރާއީލުގެ ރައްޔިތުން އާބާދުކުރުން ހުއްޓާނުލަނީސް ސީދާގޮތުންވިޔަސް އަދި ނުސީދާ ގޮތުންވިޔަސް ޞުލްޙައިގެ އެއްވެސް ވާހަކައެއް ދެއްކުމަށް ފަލަސްޠީނުންވަނީ ދެކޮޅުހަދާފައެވެ. މީގެ އިތުރުން 1993 ވަނަ އަހަރުގައި އޮތް އޮސްލޯ ރިކޯރޑްސް ގެ ކުރިން ބަންދުކުރެވުނު 123 ފަލަސްޠީނު ރައްޔިތުން ދޫކޮށްލުމަށްވެސް ފަލަސްޠީނުން ވަނީ ގޮވާލާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ