ރައްޔިތުން މަޖިލީހުގެ އިންތިހާބުގައި ވާދަކުރުމަށް އެމްޑީޕީގެ ޓިކެޓް ކަށަވަރުކުރި ކެންޑިޑޭޓް، އޭނާގެ ނަން އަނބުރާ ގެންދިއުމުން އެ ދާއިރާގެ ޕްރައިމަރީއަށް ކުރިމަތިލުމުގެ ފުރުސަތު އެމްޑީޕީން ހުޅުވާލައިފި އެވެ.
އެމްޑީޕީން ބުނީ މާމިގިލީ ދާއިރާގެ ޕްރައިމަރީއަށް ހުޅުވާލީ ކުރިން ބޭއްވި ޕްރައިމަރީގެ ޓިކެޓް ލިބުނު މެމްބަރު މުހައްމަދު ހަމްދާނުގެ ނަން އަނބުރާ ގެންދިއުމުން ކަމަށެވެ.
މާމިގިލީ ދާއިރާއިން އެމްޑީޕީ ޓިކެޓްގައި ރައްޔިތުންގެ މަޖިލީހަށް ކުރިމަތިލައްވަން ބޭނުންވާ އެމްޑީޕީގެ މެންބަރުން ޕާޓީގެ ވެބްސައިޓްގައިވާ “ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ކުރިމަތިލުމަށް އެދި ހުށައަޅާ ފޯމް” ފުރިހަމަކޮށް އެފޯމާއެކު ހުށަހަޅަންޖެހޭ ތަކެއްޗާއެކު މިއަދު މެންދުރު 12:00 ގެ ކުރިން އެމްޑީޕީގެ އޮފީހަށް ހުށަހެޅުމަށް ވެސް އެމްޑީޕީން ވަނީ އެދިފަ އެވެ. އަދި މާމިގިލީ ދާއިރާގެ ޕްރައިމަރީ ބާއްވަންޖެހިއްޖެނަމަ ޕްރައިމަރީ ބާއްވާނީ މާދަމާ ކަމަށްވެސް އެމްޑީޕީން ބުނެ އެވެ.
ސަރުކާރު ހިންގާ ކޯލީޝަނުން މާމިގިލީ ދާއިރާއަށް ވާދަކުރައްވާ ކެންޑިޑޭޓަކީ އެދާއިރާގެ މިހާރުގެ ވެސް މެންބަރު އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް އެވެ.
ނަން އަނބުރާ ގެންދިއުމުން މާމިގިލީ ދާއިރާގެ ޕްރައިމަރީ އެމްޑީޕީން އަލުން ބާއްވަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ