މާތްވެގެންވާ އިސްލާމް ދީނާއި، ކީރިތި ލޮބުވެތި ރަސޫލާ މުޙައްމަދު (ޞޢވ) ގެ ދިފާޢުގައި ނިލަންދޫ ރައްޔިތުން ހިންގާލުމެއް ބާއްވަން ނިންމައިފި އެވެ.
ނިލަންދޫ ކައުންސިލުން އިސްނަގައިގެން ރާވާފައިވާ މި ހިނގާލުން ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ ނޮވެމްބަރ މަހުގެ 1 ވާ ހުކުރު ދުވަހު ހަވީރު އެވެ. ހަވީރު 16:00 ގައި މި ހިނގާލުން ފެށިގެންދާނީ ފ.ނިލަންދޫ އިރުމަތީ ބަނދަރު ސަރަޙައްދުން ކަމަށް ކައުންސިލުން ބުނެފައި ވެއެވެ.
މާތްވެގެންވާ އިސްލާމް ދީނާއި، ލޮބުވެތި ރަސޫލާ މުޙައްމަދު (ޞޢވ) ގެ ދިފާޢުގައި ނިލަންދޫ ރައްޔިތުން ހިންގާލުމެއް ބާއްވަން ރާވާފައި މިވަނީ، މޯލްޑިވްސް ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) ކިޔާ ޖަމްޢިއްޔާއަކުން ނެރުނު ރިޕޯޓެއްގައި މާތް ﷲ އާއި އެކަލާންގެ ބާއްވާލެއްވި ދީން އިސްލާމް ދީނާއި، ލޮބުވެތި ރަސޫލާ މުޙައްމަދު (ޞޢވ) އަށް ފުރައްސާރަކޮށް، ހަޖޫޖެހުމުގެ ސަބަބުން މުޅި ރާއްޖޭގައި އެ ރިޕޯޓައި ދެކޮޅަށް އަޑު އުފުލަމުންދާ ދަނޑިވަޅެއްގައި އެވެ.
އެމްޑީޕީ އާއި މިސަރުކާރުގެ އިސް މަޤާމުތަކުގައި ތިބި ބަޔަކު ހިންގާ ޖަމްޢިއްޔާއިން ނެރުނު ރިޕޯޓުގައި މާތް ﷲ އާއި އެކަލަންގެ ބާއްވާލެއްވި ދީން އިސްލާމް ދީނާއި، ލޮބުވެތި ރަސޫލާ މުޙައްމަދު (ޞޢވ) އަށް ފުރައްސާރަ ކުރުމުގެ އިތުރުން، އެރިޕޯޓްގައި ކީރިތި ޤުރުއާން އާއި އިސްރާ އާއި މިޢުރާޖުފަދަ މުޢުޖިޒާދުތަކަކީ ފުލޯކެއް ކަމަށް ބުނެފައި ވެއެވެ.
އެމްޑީއެން ކިޔާ ލާދީނީ ޖަމްޢިއްޔާގެ އިސް މީހުންގެ ގޮތުގައި ރައްޔިތުންގެ މަޖުލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު އާއި، ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ފަޒުނާ އާއި، ރައީސް އޮފީގެ ޓެރަރިޒަމް އެޑްވައިޒަރު ނޫޝީން ވަޙީދު އާއި، ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދު އާއި، ސުޕްރީމް ކޯޓުގެ ފަނޑިޔާރު ސުޖޫން އާއި، ޝަހިންދާ އިސްމާޢީލް އާއި، ޑރ.އަޒުރާ ނަސީމް ފަދަ މީހުން ހިމެނެ އެވެ. މި އެންމެންނަކީވެސް ސަރުކާރު ހިންގާ މައިޕާޓީ އެމްޑީޕީގެ އިސް މެމްބަރުންގެ އިތުރުން، ދައުލަތުގެ އަދި ސަރުކާރުގެ އިސް މަޤާމުތައް ފުރަމުންދާ ފަރާތްތަކެވެ.
މާތްވެގެންވާ އިސްލާމް ދީނާއި، ލޮބުވެތި ރަސޫލާ މުޙައްމަދު (ޞޢވ) ގެ ދިފާޢުގައި ނިލަންދޫ ރައްޔިތުން ބާއްވަން ނިންމާފައިވާ ހިނގާލުމުގައި ނިލަންދޫގެ ވީހާވެސް ގިނަ ރައްޔިތުން ބައިވެރިވުމަށް ނިލަންދޫ ކައުންސިލުންވަނީ އެދިފަ އެވެ.
އިސްލާމް ދީނާއި ކީރިތި ރަސޫލާ (ޞޢވ) ގެ ދިފާޢުގައި ނިލަންދޫ ރައްޔިތުން ނުކުންނަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ