ކޮންމެ ގޮތެއް ހަދައިގެންވެސް ރައީސް އިބްރާހިމް މުޙައްމަދު ސޯލިހު ވެރިކަމުގައި ބަހައްޓަން އިންޑިއާއިން ބޭނުންވާ ކަމަށް ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
ޤާސިމް މިހެން ވިދާޅުވީ، އދ. ހަންޏާމީދޫގެ ރައްޔިތުންނާއި ބައްދަލުކުރައްވާ ވާހަކަދައްކަވަމުންނެވެ.
ގާސި މްވިދާޅުވީ ޖުމްހޫރީ ޕާޓީން ތާއީދުކޮށް ގެނައި ވެރިކަންތަކާ ދެކޮޅަށް އަޑުއުފުލާ ތެދުވަންޖުހުނީ ގައުމަށާއި ރައްޔިތުންނަށް ފާޅުގައި ޚިޔާނާތްތެރިވުމުންކަމަށާއި ޞާލިހުގެ ސަރުކާރާއި ޔާމީންގެ ސަރުކާރުންވެސް ކަންކަން ކޮށްފައިވަނީ މިގޮތަށް ކަމަށެވެ.
މިސަރުކާރަށް ރައްޔިތުން މަޖިލީހުގެ ސްޕަމެޖޯރިޓީ އޮތްއިރު ރާވައިގެން މަޖިލިސް މަރުތަޅުވާގެން ތިބި ކަމަށާއި ރައްޔިތުންގެ މަޖިލީހުގައިވެސް ސަރުކާރުގެ އިޚުލާސްތެރިކަމެއްނެތް ކަމަށެވެ. ގާސިމް ވިދާޅުވީ ވެރިކަމަށް ކުރިމަތިލީ ގައުމު ވެއްޓެމުންދާ ފުންވަޅުގަނޑުން ސަލާމަތްކޮށްދިނުމަށްކަމަށާއި ޚިޔާނާތްތެރި ވެރިންގެ އަތްދަށުން ރައްޔިތުން ސަލާމަތްކޮށްދިނުމަށެވެ.
"ބައްލަވާލައްވާ، މިއަދު ރައްޔިތުންގެ މަޖިލިސްވެސް އެއޮތީ ޑެޑްލޮކެއްގަ. ސަރުކާރުގަ އެބައޮތް ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ. ސުޕަރ މެޖޯރިޓީ. އޮތްއިރު މިމީހުން ހަމަ ކަނޑައެޅިގެން ރާވައިގެން އެނގިހުރެ ރައްޔިތުންގެ މަޖިލިސް ހުއްޓުވާލުމަށްޓަކައި އެގޮތަށް ރައްޔިތުންގެ މަޖިލީހުގެ ރައީސްއާއި ނައިބުރައީސްއަށް ނޯ ކޮންފިޑެންސް ވޯޓް ލައިގެން މިތިބީ. ހަމަ ކަނޑައެޅިގެން އެކަންކުރިޔަށްދިޔަ ނުދެންވެގެން، މަޖިލީހުގެ ޖަލްސާތައް ކުރިޔަށްދިޔަ ނުދޭންވެގެން ނޫނޭ ބުނާނެ އެއްވެސް ސަބަބެއް ބެތް. އެއީ އެކަން ކުރަން ހަގީގަތުގައި ބޭނުންވާނަމަ، ކުރާނެކަމެއް ނޫން އެކުރީކީ. މީގަވެސް ސިއްރެއް އޮންނާނެތާދޯ. އެސިއްރު ދެން އެނގޭނެތާ މިކަން ނިމޭއިރު."
ނުވައެއް ސެޕްޓެމްބަރުގައި ރައްޔިތުން ވޯޓުލާއިރު، ވިސްނަންވީ އިންތިހާބުގައި ކުރިމަތިލައްވާފައި ތިއްބެވި އަށް ބޭފުޅުންގެ ތެރެއިން އެންމެ ކަމަށް ގާބިލް، ތަޖުރިބާހުރި، އެކަށީގެންވާ މީހަކަށް ވޯޓުލުމަށްކަމަށް ޤާސިމް އިބްރާހީމް ވިދާޅުވިއެެވެ. އެކަންކަން ބަލާނީ މާޒީގައި އެމީހަކު ކަންކަން ކޮށްފައިވާ ގޮތްތަކުންކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ކޮންމެ ގޮތަކުންވެސް ރައީސް ސޯލިހުގެ ވެރިކަން ދަމަހައްޓަން އިންޑިއާއިން ބޭނުންވޭ: ގާސިމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ