ވިނަރެސް ފްލެޓް ފައިސާ ދިގު މުއްދަތުން ދައްކާ މީހުނަށް ފުރުސަތެއް

ހިޔާ މަޝްރޫއުގައި ހިމެނޭ 10 ޓަވަރުގެ މި ވިނަރެސް މަޝަރޫޢަކީ އާބަންކޯއިން ފުރަތަމަ ފަހަރަށް މެދު ފަންތީގެ ބޯހިޔާވަހިކަމަށް ހާއްސަ ކޮށްގެން ހިންގާ ރައްޔިތުންނަށް ފޯރު ކޮށްދީފައިވާ މަޝްރޫއެކެވެ.
ދިގު މުއްދަތަށް ބަހާލައިގެން ވިނަރެސް ފްލެޓްތަކަށް ފައިސާ ދައްކާ ފަރާތްތައް ޑައުންޕޭމެންޓް އަދަދުގެ 15 ޕަސެންޓް ދެއްކުމުން ގަނެ ވިއްކުމުގެ އެއްބަސްވުމުގައި ސޮއި ކުރެވޭނެ ކަމަށް އާބަންކޯއިން ބުނެފި އެވެ.
އާބަންކޯއިން އަދި ބުނީ ތިން މަސްދުވަހުގެ ތެރޭގައި ޑައުންޕޭމެންޓްގެ އަދަދު އެއްކޮށް ދައްކައި ނިމުމުން ޔުނިޓްގެ ތަޅުދަނޑި ހަވާލު ކުރާނެ ކަމަށެވެ. އެއާއެކު ގަނެވިއްކުމުގެ އެއްބަސްވުމުގައި ކަނޑައެޅިފައިވާ އެސޫލްތަކަށް އަމަލު ކުރާނެ ކަމަށެވެ.ވިނަރެސް އެޕާރްޓްމެންޓްތަކަކީ ހުޅުމާލޭގެ ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ ގޮތުން އާބަންކޯ އިން ހިންގާފައިވާ މަޝްރޫއުތަކުގެ ތެރެއިން އެއްވެސް މައްސަލައެއް ކުރިމަތިނުވެ ވަރަށް ފުރިހަމަކަމާއެކު ކުރިއަށް ގެންދެވުނު މަޝްރޫއެކެވެ.ހިޔާ މަޝްރޫއުގައި ހިމެނޭ 10 ޓަވަރުގެ މި ވިނަރެސް މަޝަރޫޢަކީ އާބަންކޯއިން ފުރަތަމަ ފަހަރަށް މެދު ފަންތީގެ ބޯހިޔާވަހިކަމަށް ހާއްސަ ކޮށްގެން ހިންގާ ރައްޔިތުންނަށް ފޯރު ކޮށްދީފައިވާ މަޝްރޫއެކެވެ. 
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ