އިމާރާތް ކުރުމުގެ ދާއިރާގެ މައްސަލަތަކާއި ހައްލުތައް ކިޔައިދޭ ފޯރަމެއް

ކޮންސްޓްރަކްޝަން އިންޑަސްޓްރީ ފޯރަމް އޮންނާނީ އަންނަ ހޮނިހިރު ދުވަހު މީރުމާ މީޓިން ހޯލްގަ އެވެ.
ރާއްޖޭގެ އިމާރާތް ކުރުމުގެ ދާއިރާއަށް ކުރިމަތިވެފައިވާ މައްސަލަތަކާއި އެ މައްސަލަތަކުގެ ހައްލުތައް ތަޖުރިބާކާރުންގެ މެދުވެރިކޮށް ކިޔައިދޭން ހާއްސަ ފޯރަމެއް ބާއްވަން ތައްޔާރު ވެއްޖެ އެވެ. 
ދިވެހި ކުންފުންޏެއް ކަމަށްވާ މީޑިއަމް އިވެންޓްސް ކުންފުނިން އިންތިޒާމުކޮށްގެން ކޮންސްޓްރަކްޝަން އިންޑަސްޓްރީ ފޯރަމް (ސީއައިއެފް) ގެ ނަމުގައި ބާއްވާ މި ފޯރަމް އޮންނާނީ ހޮނިހިރު ދުވަހު މީރުމާ އިވެންޓް ހޯލްގަ އެވެ. މި ފޯރަމްގައި މި ސިނާއަތަށް ކުރިމަތިވެފައިވާ މައިގަނޑު ގިނަ މައްސަލަތަކާ ބެހޭ ގޮތުން ޕެނަލް ޑިސްކަޝަންތައް ބާއްވާނެ އެވެ. 
ކޮންސްޓްރަކްޝަން ސިނާއަތަކީ ރާއްޖޭގެ ދެވަނަ އަށް އެންމެ ބޮޑު އެއް ސިނާއަތެވެ. އެހެންވެ މި ސިނާއަތަށް އަންނަ ކޮންމެ ބަދަލެއްގެ ސަބަބުން މުޅި އިގްތިސޯދަށް އޭގެ އަސަރު ފޯރަ އެވެ. 
މި އިވެންޓް އިންތިޒާމު ކުރާ މީޑިއަމް އިވެންޓްސް ކުންފުނިން ވަނީ ކޮންސްޓްރަކްޝަން ސިނާއަތަށް ހާއްސަކޮށް މޯލްޑިވްސް ބިލްޑް އެކްސްޕޯގެ ނަމުގައި ފެއާއެއް އިންތިޒާމު ކުރަން ވެސް ނިންމާފަ އެވެ. މި ހަފުލާގައި މި ސިނާއަތަށް ގިނަ ދުވަހު ހިދުމަތްކޮށްފައިވާ ފަރާތްތަކުގެ އަގު ވަޒަންކޮށް އެވޯޑެއް ދޭން ވެސް ނިންމާފައިވެ އެވެ. 
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ