ބަލިމީހާއަށް އެ އެޖެންސީން ދީފައިވާ އެހީގެ މައުލޫމާތު ހިމެނިފައިވާތީ އެކަމަށް މާފަށް އެދޭ ކަމަށެވެ.
ބަލި މީހަކަށް ދިން އެހީގެ މައުލޫމާތު ހާމަކުރެވުމުން ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ -- އެންސްޕާ އިން މާފަށް އެދިއްޖެ އެވެ.
އެންސްޕާ އިން ރޭ ވަނީ ކެންސަރު ބަލިމީހެއްގެ ބޭސްފަރުވާއަށް އެންސްޕާއިން އެހީތެރިކަން ހަމަނުޖެހުނުކަމަށް ބުނެ ސޯޝަލް މީޑިޔާގައި ފަތުރަމުންދާ ވާހަކަތަކާއި ގުޅިގެން ތަފްސީލީ ބަޔާނެެއް ނެރެފަ އެވެ.ކުރިން ޕީޕީއެމް ހަރަކާތްތަކުގައި އުޅުނު އަދި ހިޔާ ސަރަހައްދުގައި ކުރީ ސަރުކާރާ ދެކޮޅަށް ހިންގި ހަރަކާތްތަކުގައި ބައިވެރިވި މީހަކު ސޯޝަލް މީޑިޔާގައި ބުނެފައިވަނީ އޭނާގެ ބަލި މަންމަައަށް ފަރުވާކުރަން ބޭސްފަރުވާގެ އެހީ ހަމަޖައްސަން އުޅުމުން މި ސަރުކާރުގައި އެހީތެރިކަން ލިބިފައިނުވާ ކަމަށެވެ. އަދި ކުރިން އެންސްޕާއިން އެހީގެ ގޮތުގައި ދިން 1،000 ޑޮލަރުގެ ބަދަލުގައި މިފަހަރު ދީފައިވަނީ 3،084 ރުފިޔާ ކަމަށެވެ. މިކަމާ ގުޅިގެން އެންސްޕާއިން ރޭ ނެރުނު ބަޔާނެއްގައި އޭނާ އާސަންދަ އަދި ވެލްފެއާ އެހީތެރިކަމަށް އެދި ހުށަހެޅުމުން އެންސްޕާއާއި އާސަންދައިން ދީފައިވާ އެހީގެ ތަފުސީލުތައް ބަޔާންކޮށްފައިވެ އެވެ. އެގޮތުން 2023 ވަނަ އަހަރުގެ މޭ މަހުން ފެށިގެން މި އަހަރުގެ ނޮވެންބަރު 28 ވަނަ ދުވހާ ހަމައަށް ނުވަ ފަހަރެއްގެ މަތިން އޭނާއަށް އެހީ ދޫކޮށްފައިވާކަން އެންސްޕާއިން ފާހަގަކުރި އެވެ.
އެންސްޕާގައި ހުރި ލިޔެކިޔުންތަކާ ހަވާލާދީ އެ އިދާރާއިން ފާހަގަކުރި ގޮތުގައި އެންސްޕާއާއި އާސަންދައިގެ އުސޫލުތަކުގެ ތެރެއިން އެ ބަލިމީހާއަށް އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށެވެ. އަދި ރިއެމްބާސްކުރި ޓިކެޓުގެ ފައިސާ ފިޔަވައި އެހެން ހުރިހާ ފަހަރަކުވެސް އެންސްޕާއިން އެހީގެ ގޮތުގައި ދީފައިވަނީ 200 ޑޮލަރާއި 250 ޑޮލަރަށްވާ ދިވެހި ރުފިޔާކަން އެނގޭ ކަމަށެވެ. އަދި އެއްވެސް ފަހަރަކު 1،000 ޑޮލަރު ދިންކަން ލިޔުމަކުން އެނގެން ނެތް ކަމށެވެ.އެންސްޕާ އިން މިރޭ ބަޔާނެއް ނެރެ ބުނީ ރޭގެ ބަޔާނުގައި ބަލި މީހާގެ އެއްވެސް އައިޓެންޑިޑީއެއް ބަޔާންކޮށްފައި ނެތް ނަމަވެސް އެ ބަޔާނުގައި ބަލިމީހާއަށް އެ އެޖެންސީން ދީފައިވާ އެހީގެ މައުލޫމާތު ހިމެނިފައިވާތީ އެއީ އެންމެ ރަނގަޅު ގޮތް ކަމުގައި ނުވާތީ އެފަދަ މައުލޫމާތެެއް ހިމެނިފައިވާތީ އެކަމަށް މާފަށް އެދޭ ކަމަށެވެ.
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
ބަލި މީހަކަށް ދިން އެހީގެ މައުލޫމާތު ހާމަކުރެވުމުން އެންސްޕާ އިން މާފަށް އެދިއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ