ގަލޮޅު މޯޗަރީ ކައިރީ ހުންނަ ގުދަނެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން ސިފައިން އެ ތަނުގައި ހަރަކާތްތެރިވާން ފަށައިފި އެވެ.
ތަފްސީލް - ގަލޮޅު ހުވަފެނީ ގޯޅީގައި ހުރި ގުދަނުގައި ވަރަށް ބޮޑަށް އަލިފާން ހިފާފައި ހުރި ކަން، ސޯޝަލް މީޑިއާގައި ދައުރުވާ ވީޑިއޯތަކުން ފެނެ އެވެ.
އެމްއެންޑީއެފުން ބުނީ ގަލޮޅު މޯޗަރީ ކައިރީ ހުންނަ ގުދަނެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އެ ތަނުގެ ފަޔަ އެންޑް ރެސްކިއުގެ ސިފައިން ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.
އިތުރު ތަފްސީލެއް އަދި ނުލިބޭތީ މީހަކަށް އަނިޔާއެއްވިކަން އަދި ނޭނގެ އެވެ. އަދިވެސް އަލިފާން ކޮންޓްރޯލް ނުކުރެވޭ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.
ގަޅޮޅު މޯޗަރީ ކައިރި ހުރި ގުދަނެއްގައި ރޯވެ އަނދަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ