ގަލޮޅު މޯަޗަރީ ކައިރި ހުރި ގުދަނެއްގައި ރޯވެއްޖެ

މާލޭ، ގަލޮޅު މޯޗަރީ ކައިރި ހުރި ގުދަނެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ. އެމްއެންޑީއެފުން ވަނީ އަލިފާނުގެ ހާދިސާއެއް ހިނގައިގެން ރިޕޯޓު ލިބިފައިވާކަން ކަށަވަރުކޮށްދީފައެވެ. ނަމަވެސް އިތުރު ތަފްސީލެއް ނުދެއެވެ. ސޯޝަލް މީޑިއާގައި ދައުރުވަމުން އަންނަ ވީޑިއޯއަކުން ފެންނަނީ ހަނި ގޯޅިއެއްގެ ތެރޭ ހުރި އެ ގުދަނުގައި ވަރަށް ބޮޑަށް ރޯވެފައި އޮތް ތަނެވެ. އަދި ވަރަށް ބޮޑަށް ކަޅު ދުން ވެސް އަރަމުން ދެއެވެ. މި ހަފުތާއެއްހައި ދުވަސް ތެރޭ އަލިފާނުގެ ހާދިސާތަކެއް ހިނގައިފައިވާއިރު، އެންމެ ނުރައްކާތެރި ހާދިސާ ހިނގީ އދ. ދިގުރަށުގައެވެ. ގިނަ އަދަދެއްގެ ބިދޭސީން ދިރިއުޅޭ ކުޑަ ތަންކޮޅެއްގައި ހިނގި އެ ހާދިސާގައި ފަސް މީހުން މަރުވެ، ދެ މީހަކު އޮތޯ ސީރިއަސް ހާލަތުގައެވެ. https://sun.mv/219352 ހަމައެއާއެކު، ރޭ ހުޅުމާލޭގައި ވެސް އަލިފާނުގެ ހާދިސާއެއް ހިނގައި ގެއެއްގެ ކޮޓަރިއެއް ބޭނުން ނުކުރެވޭ ވަރަށް ވަނީ އަނދައިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ