ފަރީދު، ހޯދި މީހަކަށް ބޮޑު އިނާމެއް ؛ ކުކުޅު ފިހާރައިން 10 ކޭސް ކުކުޅު ހިލޭ ދެނީ

އައްޑޫ ސިޓީ ހުޅުދޫ ގައި މީހަކު ގެންގުޅުނު ހާލެއް ގެއްލިގެން މިފަހުން ވަނީ ހާ ހޯދަން އާންމުންގެ އެހީތެރި ކަމަށް އެދިފަ އެވެ.ހާ ގެންގުޅުނު މީހާ ބުނަނީ ވަރަށް ލޯބިން ގެންގުޅުނު އެ ހާ ގެއްލިގެން ހޯދަމުންދާ ކަމަށެވެ. އެ ހާލަަށް އެ އާއިލާ އިން ދީފައިވާ ނަމަކީ "ފަރީދު" އެވެ.ހާ ގެއްލިގެން ހޯދައިދޭން އާންމުންގެ އެހީއަށް އެދި އެ މީހުން ވަނީ ޕޯސްޓަރެއް ވެސް ހަދާފަ އެވެ. އަދި ހާލުގެ ފޮޓޯތަކެއް ވެސް ހިމަނާފައިވެ އެވެ. އެ މީހާ ބުނީ ހާލުގެ އެއް ފައިގައި ރަތްކުލައިން ގިރިޓީކޮށްފައިވާ ކެވެލި ކޮޅެއް ވެސް އޮންނާނެ ކަމަށެވެ.މި ކަމާއި ގުޅިގެން ކުކުޅު ފިހާރައިގެ ސޭލްސް އެންޑް މާކެޓިންގ މެނޭޖަރު މާޝިތާ އާދަމް ވިދާޅުވީ، ފަރީދު ހޯދައިދޭ މީހަަކަށް އެ ފިހާރައިން ދޭން ނިންމާފައި ވަނީ 1400ގެ 10 ކޭސް ކުކުޅު ކަަމަށެވެ. އަދި ފަރީދު ހޯދައިދޭ މީހަކަށް ކުކުޅު ފިހާރައިގެ މިހާ ބޮޑު ހަދިޔާއެއް ދޭން ނިންމާފައި ވަނީ އެއީ ކުކުޅު ފިހާރައާ ގުޅުން ހުރި އެއްޗެކަށްވެސް ވުމާއެކު، ހޯދައިދޭ މީހާއަށް އެހީތެރިވުމުގެ ގޮތުން ކަމަށްވެސް މާޝިތާ ވިދާޅުވި އެވެ. ކުކުޅު ފިހާރައަކީ ރާއްޖޭގައި ގިނަ އަދަދެއްގެ ފިނި ކުރި ސާމާނު އެންމެ އަގު ހެޔޮކޮށް ވިއްކަމުން އަންނަ ފިހާރަ އެވެ. މީގެ އިތުރުން ރަށްރަށުގެ ވިޔަފާރިވެރިން ގަނޑުކޮށް މުދާ ގަންނަ ނަމަ އެ ވިޔަފާރިވެރިޔަކު ބުނާ ބޯޓަކަށް މުދާ ޑެލިވަރީ ކޮށްދިނުމުގެ ހިދުމަތް ވެސް ދެއެވެ.  އިތުރު މައުލޫމާތު ކުކުޅު ފިހާރަ ފޭސްބުކް ޕޭޖުން / 9986575 ލިބޭނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ