އެމްއެންޔޫ މެޑިކަލް ސްކޫލާއި ނާސިން ސްކޫލް އަޅައިދޭނެ ބަޔަކު ހޯދަނީ

އެމްއެންޔޫ އިން ކުރި އިއުލާނުގައި ބުނީ މެޑިކަލް ސްކޫލާއެކު ޓީޗިން ހޮސްޕިޓަލަކާއި އިތުރު ފެސިލިޓީތައް އަޅާނެ ކަމަށެވެ. އެގޮތުން، އެކެޑެމިކް ފެސިލިޓީ، ސެމިނާ ކޮޓަރިތައް އަދި އޮޑިޓޯރިމަކާއި ލެބޯޓަރީތައް ހިމެނެ އެވެ.
މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ) ގެ މެޑިކަލް ސްކޫލާއި ނާސިން ސްކޫލްގެ އާ އިމާރާތެއް އެޅުމަށް ކޮންޓްރެކްޓަރުން ހޯދުމަށް ޝައުގުވެރިކަން ފާޅުކުރުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
އެމްއެންޔޫ އިން ކުރި އިއުލާނުގައި ބުނީ މެޑިކަލް ސްކޫލާއެކު ޓީޗިން ހޮސްޕިޓަލަކާއި އިތުރު ފެސިލިޓީތައް އަޅާނެ ކަމަށެވެ. އެގޮތުން، އެކެޑެމިކް ފެސިލިޓީ، ސެމިނާ ކޮޓަރިތައް އަދި އޮޑިޓޯރިމަކާއި ލެބޯޓަރީތައް ހިމެނެ އެވެ. މިތަނަކީ ރާއްޖެ އާއި ދެކުނު އޭޝިއާގައި ސިއްހީ ދާއިރާއިން ތައުލީމާއި ތަމްރީނުގެ އިތުރުން ސިއްހީ ދާއިރާއިން ރިސާޗް ހެދުމަށް އިތުރުވަމުންދާ ޑިމާންޑަށް ހިދުމަތް ދެވޭ ގޮތަށް ހަދާ ތަނެއް ކަމަށް އެ ޔުނިވާސިޓީން ބުންޏެވެ.މެޑިކަލް ސްކޫލް ހަދާނީ ކޮންމެ އިންޓޭކަކަށް 100 ދަރިވަރުންނަށް އަދި އެއްފަހަރާ 500 ދަރިވަރުންނަށް ކިޔަވައިދެވޭނެ ޖާގައާ އެކުގައި ކަމަށް ވެސް އެ އިއުލާނުގައިވެ އެވެ. އަދި ޓީޗިން ހޮސްޕިޓަލުގައި 300 އެނދާއި ޒަމާނީ ވަސީލަތްތައް ހުންނާނެ ކަމަށެވެ.މި ސްކޫލާއި ޓީޗިން ހޮސްޕިޓަލުގެ ޑިޒައިންކޮށް ކުރަހާނީ ޔުނިވާސިޓިންނެވެ. މި ސްކޫލް އަޅާނީ 61،482.54 އަކަފޫޓުގެ ކޮއްޓެއްގަ އެވެ.އިއުލާނުގައި ވަނީ ރާއްޖެ އަދި ބޭރުގެ ކޮންޓްރެކްޓަރުންނަށް ޖޫން 27 ވަނަ ދުވަހުގެ ކުރިން ޝައުގުވެރިކަން ފާޅުކުރުމަށް ހުޅުވާލައިފަ އެވެ. މިކަމާ ގުޅޭ މައުލޫމާތު ބައްދަލުވުމެއް މިމަހުގެ 27 ވަނަ ދުވަހު ބާއްވާނެ އެވެ.
އެމްއެންޔޫ އިން ދެވަނަ އިއުލާނެއް ކޮށްފައި ވަނީ ސްކޫލް އޮފް ނާސިން، ފެކަލްޓީ އޮފް ހެލްތު ސައިންސް އަދި އެކޮމޮޑޭޝަން ބްލޮކެއް އަޅައި ދިނުމަށް ޝައުގުވެރިވާ ފަރާތެއް ހޯދުމަށެވެ.އިއުލާނުގައިވާ ގޮތުން، ނާސިން ސްކޫލާއި ހެލްތު ސައިންސުގެ ހަބެއް ގާއިމް ކުރާނީ ހުޅުމާލޭގަ އެވެ. މިތަނަކީ ސިއްހީ ފަރުވާގެ ތައުލީމަށް އޮތް ބޭނުންތެރިކަން ފުއްދައިދިނުމަށް ފަރުމާ ކޮށްފައިވާ ތަނެއް ކަމަށެވެ. މިތަނުގައި ވެސް އެންމެ ޒަމާނީ ވަސީލަތްތައް ގާއިމް ކުރާނެ އެވެ. އެގޮތުން ލެބޯޓަރީތަކާއި އޮޑިޓޯރިއަމަކާއި އެކެޑެމިކް އިމާރާތްތައް ގާއިމް ކުރާނެ އެވެ.ނާސިން ސްކޫލާއި ހެލްތު ސައިންސްގެ ހަބުގައި ހިމެނޭ ތަންތަން ގާއިމްކުރާނީ ވަކިވަކި ހަ އިމާރާތުގަ އެވެ. މިތަންތަން ގާއިމް ކުރާނީ 69،912.28 އަކަފޫޓުގެ ކޮއްޓެއްގަ އެވެ.މި އިއުލާނުގައި، ރާއްޖެ އަދި ބޭރުގެ ކޮންޓްރެކްޓަރުންނަށް ޖޫން 24 ވަނަ ދުވަހުގެ ކުރިން ޝައުގުވެރިކަން ފާޅުކުރުމަށް ހުޅުވާލައިފައިވެ އެވެ. މިކަމާ ގުޅޭ މައުލޫމާތު ބައްދަލުވުން ބާއްވަނީ މިމަހުގެ 28 ވަނަ ދުވަހު އެވެ.
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ