މުވާސަލާތު ކުރުމާއި ވާހަކަދެއްކުމުގެ ހުނަރުތައް ކުރިއެރުވުމަށް ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ހަރަކާތް ކަމަށްވާ “މޯލްޑިވްސް ޕްރޮފެޝަނަލް ސްޕީކާސް ސަމިޓް” ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. މޯލްޑިވްސް ޕްރޮފެޝަނަލް ސްޕީކާސް އެސޯސިއޭޝަން (އެމްޕީއެސްއޭ) އިން އިންތިޒާމުކޮށްގެން ބާއްވާ މި ސަމިޓްގެ ތިންވަނަ އެޑިޝަން ކުރިއަށްދާނީ އަންނަ ޖުލައި މަހުގެ 11 އަދި 12 ވަނަ ދުވަހު މާލޭގައި ހުންނަ އެމްއެންޔޫ ބިޒްނަސް ސްކޫލްގެ އޮޑިޓޯރިއަމްގައެވެ.
“ވޮއިސަސް އޮފް އިމްޕެކްޓް” ގެ ތީމަށް ކުރިއަށްގެންދާ މި އަހަރުގެ ސަމިޓުގައި އެމެރިކާ، ސިންގަޕޫރު، ސްވިޑަން، އިންޑިއާ، އިނގިރޭސިވިލާތް އަދި ރަޝިއާ ފަދަ ގައުމުތަކުގެ އިންޓަނޭޝަނަލް ތަޖުރިބާކާރުންނާއި ރާއްޖޭގެ ފާހަގަކޮށްލެވޭ ސްޕީކަރުން ބައިވެރިވާނެއެވެ. ދެ ދުވަހުގެ މުއްދަތަށް ކުރިއަށްދާ މި ސަމިޓުގައި ބައިވެރިންނަށް ވާހަކަދެއްކުމުގެ ހުނަރުތަކާއި، ލީޑަޝިޕް ކޮމިއުނިކޭޝަން އަދި އަމިއްލަ ބްރޭންޑް ކުރިއެރުވުމާ ގުޅޭގޮތުން މުހިންމު ފިލާވަޅުތަކެއް ދަސްވެގެންދާނެއެވެ.
އެމްޕީއެސްއޭ އިން ބުނީ މި ސަމިޓަކީ ވާހަކަދެއްކުމުގެ ދާއިރާއަށް ޝައުގުވެރިވާ ފަރާތްތަކަށާއި، ވިޔަފާރިވެރިންނާއި ލީޑަރުންގެ އިތުރުން މުވާސަލާތުކުރުމުގެ ހުނަރު ތަރައްގީކުރަން ބޭނުންވާ ކޮންމެ ފަރާތަކަށްވެސް ބައިވެރިވެވޭ ގޮތަށް ފަރުމާކޮށްފައިވާ އިވެންޓެއް ކަމަށެވެ. މި ސަމިޓުގައި ބައިވެރިވުމަށް ޝައުގުވެރިވާ އާންމުންނަށާއި އެމްޕީއެސްއޭގެ މެންބަރުންނަށް، އެ ޖަމިއްޔާގެ ރަސްމީ ޕްލެޓްފޯމް މެދުވެރިކޮށް މިހާރު ރަޖިސްޓްރީ ކުރެވޭނެއެވެ.
މަގުބޫލު ލިޔުންތައް ގެއްލުނު އިޓަލީގެ ހަތަރު ޑައިވަރުންގެ ހަށިގަނޑު ހޮހޮޅައިގެ ތެރެއިން ފެނިއްޖެ އައްޑޫގެ މަގުތައް ގަރާޖުތަކުގެ ބަޔަކަށް, ކަމާއި ބެހޭ އިދާރާތައް ‘ލޯމަރާލައިގެން’ އަހަރުގެ އެންމެ ޒުވާން ހޮޓަލިއާގެ އެވޯޑާއެކު ނުޝް ގެ ހުވަފެން ހަގީގަތާއި ގާތަ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ