ސަރުކާރުގެ ހަރަދުތައް ހަމަޖެއްސުމަށްޓަކައި 1.7 ބިލިއަން ރުފިޔާގެ ޓީ-ބިލް ވިއްކަން ފިނޭންސް މިނިސްޓްރީން ހުޅުވާލައިފިއެވެ. އެ މިނިސްޓްރީން މައުލޫމާތު ދޭ ގޮތުގައި މި ޓީ-ބިލްތައް ވިއްކަނީ ދައުލަތުގެ އެކި ކަންކަން ހިންގުމަށް ބޭނުންވާ ފައިސާ ހޯދުމުގެ ބޭނުމުގައެވެ.
ފިނޭންސް މިނިސްޓްރީން މި ފަހަރު ވިއްކަން ހުޅުވާލި ޓީ-ބިލުތަކުގެ ތެރޭގައި އެންމެ ބޮޑު އަދަދެއް ހިމެނެނީ މި މަހުގެ 29 ވަނަ ދުވަހަށް އަނބުރާ ދެއްކުމަށް ވިއްކާ އެއް ބިލިއަން ރުފިޔާގެ ޓީ-ބިލެވެ. މީގެ އިތުރުން ސެޕްޓެމްބަރު 7 ވަނަ ދުވަހަށް އަނބުރާ ދެއްކުމަށް ވިއްކާ 70 މިލިއަން ރުފިޔާގެ ޓީ-ބިލަކާއި، ނޮވެމްބަރު 30 ވަނަ ދުވަހަށް އަނބުރާ ދެއްކުމަށް ވިއްކާ 75 މިލިއަން ރުފިޔާގެ ޓީ-ބިލެއްގެ އިތުރުން އަންނަ އަހަރުގެ މޭ 31 ވަނަ ދުވަހަށް އަނބުރާ ދެއްކުމަށް ވިއްކާ 597.9 މިލިއަން ރުފިޔާގެ ޓީ-ބިލެއް ހިމެނެއެވެ.
މި ފަހަރު ވިއްކާ ޓީ-ބިލްތަކުގެ އިންޓްރެސްޓް ރޭޓް އުޅެނީ 3.50 ޕަސަންޓާއި 4.60 ޕަސަންޓާ ދެމެދުގައެވެ. އާންމު ގޮތެއްގައި ސަރުކާރުން ވިއްކާ ޓީ-ބިލްތައް ގަންނަނީ ޕެންޝަން ފަންޑާއި، ރާއްޖޭގައި ހިންގާ ބައެއް ބޭންކުތަކާއި ސަރުކާރު ހިއްސާވާ ބައެއް ކުންފުނިތަކުންނެވެ. އަދި އަމިއްލަ ބައެއް ކުންފުނިތަކުން ވެސް މި ޓީ-ބިލްތައް ގަނެއެވެ.
ޓީ-ބިލް އަކީ ދައުލަތަށް ފައިސާ ހޯދުމަށް ސަރުކާރުން ދޫކުރާ ކުރު މުއްދަތުގެ ސެކިއުރިޓީޒްއެކެވެ. ރާއްޖޭގެ ސަރުކާރުން ދޫކުރާ ޓީ-ބިލަކީ ދިވެހި ރުފިޔާއިން ޑިސްކައުންޓް އަގެއްގައި ވިއްކުމަށް ހުށަހަޅައި، މުއްދަތު ހަމަވުމުން މޫނުމަތީ އަގު ނުވަތަ ފޭސް ވެލިއު އަދާކުރާ ގޮތަށް ނަގާ ފައިސާއެވެ.
ފަހުގެ ތާރީހެއްގައި ފުރަތަމަ ފަހަރަށް ޕްރައިމަރީ ބެލެންސް ސާޕްލަސްވެއްޖެ ބޭރު ފަައިސާ ލިބުމުގެ ދަތިކަމަށް ޙައްލު ހޯދުމަށް މިދަނީ މަސައްކަތް ކުރަމުން: މާލީ ވަޒީރު ހާއްސަ ފިޔަވަޅުތަކެއް އަޅާފައިވަނިކޮށް ދައުލަތުގެ ހަރަދުތައް ބޮޑުވެއްޖެ ފުރަތަމަ ތިން މަސްދުވ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ