ދިވެހި ފުލުހުންގެ ހިދުމަތުގެ އިދާރީ ހިންގުން ހަރުދަނާކޮށް މަސައްކަތުގެ ފެންވަރު މަތިކުރުމަށްޓަކައި މުއައްސަސާގެ އޮނިގަނޑަށް ބަދަލުތަކެއް ގެނެސްފިއެވެ.
އަލަށްގެނެވުނު ބަދަލުތަކަށް އަމަލުކުރަން ފަށާފައިވަނީ ޖޫން 1 ވަނަ ދުވަހުއެވެ. މިއީ ފުލުހުންގެ ހިދުމަތް ދިނުމުގައި މިހާރަށްވުރެ ފުރިހަމަ ނަތީޖާއެއް ހާސިލުކުރުމުގެ މަގުސަދުގައި ގެނެވުނު ބަދަލުތަކެކެވެ. އައު އޮނިގަނޑާ އެއްގޮތަށް މަގާމުތަކަށް އޮފިސަރުން އައްޔަންކުރުމުގެ މަސައްކަތާއި ހިންގުމުގެ ސިޔާސަތުތަކަށް ގެންނަންޖެހޭ ބަދަލުތައް ގެނެސް، އޮނިގަނޑު ތަންފީޒުކުރުމުގެ އަމަލީ މަސައްކަތްތައް މިހާރު ކުރަމުން އަންނަކަމަށް ފުލުހުން ވަނީ ބުނެފައެވެ.
އައު އޮނިގަނޑުގެ ދަށުން ފުލުހުންގެ ހިދުމަތްތަކާއި ތަހުގީގުގެ ދާއިރާއާއި އިންޓެލިޖެންސް، ފޮރެންސިކް، އޮޕަރޭޝަނަލް ސަޕޯޓް، ޓެކްނޮލޮޖީ، ޓްރޭނިންގ އަދި ކޯޕަރޭޓް ސަޕޯޓް ފަދަ މަސައްކަތްތައް ވަނީ ކޮމާންޑްތަކެއްގެ ދަށުން ތަރުތީބުކުރެވިފައެވެ. ކޮމާންޑް ލެވެލްގައި 14 ބައެއް ހިމެނެއެވެ. އެއީ:
– އޮފީސް އޮފް ދަ ކޮމިޝަނަރ – ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓް – ޕްރޮފެޝަނަލް ސްޓެންޑަރޑްސް – ނޭޝަނަލް އިންޓެލިޖެންސް ސަރވިސް – އިންޓަރނަލް ސެކިއުރިޓީ އެންޑް އޮޕަރޭޝަނަލް ސަޕޯޓް – ފޮރެންސިކް ސަރވިސަސް – ސެންޓްރަލް އިންވެސްޓިގޭޝަންސް – މާލޭ ޕޮލިސް – ހުޅުމާލޭ ޕޮލިސް – ނޮދަން ޕޮލިސް – ސަދަން ޕޮލިސް – ސަރވިސް ޑިވެލޮޕްމަންޓް – ސަރވިސް ސަޕޯޓް – ޑިޖިޓަލް ޑޭޓާ އެންޑް ޓެކްނޮލޮޖީ
މީގެ ކުރިން އަމަލުރަމުން ގެންދިޔަ އޮނިގަނޑު ބެހިފައިވަނީ 17 ކޮމާންޑެއްގެ މައްޗަށެވެ. އެ އޮނިގަނޑަކީ އޮކްޓޯބަރު 1 ވަނަ ދުވަހު އަމަލުކުރަން ފެށި އޮނިގަނޑެކެވެ.
މި އޮނިގަނޑު ފަރުމާކޮށްފައިވަނީ ތަފާތު ދާއިރާތަކުގެ މެދުގައި އޮންނަ ގުޅުން ބަދަހިކޮށް، އޮޕަރޭޝަނަލް ހިންގުން ހަރުދަނާކުރުމާއެކު، ރައްޔިތުންނާ ގާތުން ހިދުމަތް ފޯރުކޮށްދޭ ފުލުހުންގެ ނިޒާމެއް ގާއިމުކުރުމަށެވެ. މީގެ އިތުރުން ހިދުމަތް ދިނުމުގެ އިސް ސަފުގައި ހަރަކާތްތެރިވާ ފަރާތްތަކުގެ ދައުރު ފުޅާކުރުމާއި، ރާއްޖޭގެ އަމަންއަމާންކަމާއި ރައްކާތެރިކަމުގެ މާހައުލަށް އަންނަ ބަދަލުތަކަށް ރިއާޔަތްކޮށް، ވަސީލަތްތަކުގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފުން ކަށަވަރުކުރުމަކީ މި ބަދަލުގެ މައިގަނޑު މަގުސަދެވެ.
އެއްވުންތައް ރޫޅާލައި، ގާނޫނީ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު އަދަދު ނޫހުގެ ސީއީއޯ އާއި އެޑިޓަރަށް ގަޒްފުގެ ދައުވާ އުފުލައިފި ގެއްލިގެން ހޯދަމުން ދިޔަ 15 އަހަރުގެ އަންހެން ކުއްޖާ ފެނިއްޖެ މާލޭގެ އިމާރާތަކުން މީހަކު ވެއްޓުނު ހާދިސާއެއް ފުލުހުން ތަހުގީގުކުރ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ