ރައީސް ޑރ. މުހައްމަދު މުއިއްޒުގެ "މޯލްޑިވްސް 2.0 " ސިޔާސަތުގެ ދަށުން ހިދުމަތްތައް ޑިޖިޓަލައިޒް ކުރަން ގާނޫނީ އޮނިގަނޑެއް ހަދަން ރައްޔިތުންގެ މަޖިލިހަށް މިއަދު ހުށަހެޅި "ޑިޖިޓަލް ޓްރާންސްފޮމޭޝަން ބިލު"ގެ ބޭނުމަކީ އީ-ވޯޓިން އަށް ގޮސް އިންތިހާބުތައް އޮޅުވާލުން ކަމަށް ހަނިމާދޫ ދާއިިރާގެ މެންބަރު އަބްދުލް ޣަފޫރު މޫސާ (ގަޕޯ) ތުހުމަތު ކުރައްވައިފި އެވެ
ސަަރުކާރުގެ ފަރާތުން ގައްދޫ ދާެއިރާގެ މެމްބަރު މުހައްމަދު އަލީ ހުށަހެޅުއްވި އެ ބިލުގެ ބަހުސްގައި އިދިކޮޅު އެމްޑީޕީގެ މެމްބަރު ގަޕޯ ވިދާޅުވީ ޑިޖިޓަލް ޓްރާންސްފޮމޭަޝަން ބިލް ހުށަހަޅައިގެން ސަރުކާރުން އުޅެނީ ރާއްޖެ ޑިޖިޓަަލައިޒް ކުރަންތޯ ނުވަތަ އީ-ވޯޓިންއަށް ދާންތޯ ސުވާލު އުފެދޭ ކަމަށެވެ. އެއީ އާ އޮފީހެއް ހަދައި މުވައްޒަފުން ނަގައިގެން، "ވޯޓުން ވައްކަން ކުރަން" ކުރާ މަސައްކަތެއް ކަމަށް އޭނާ ތުުހުމަތުކުރެއްވި އެވެ.
"އީ-ވޯޓިންއަށް ދިއުމަށް ޓަކައި ހުށަހަޅާފައި އޮތް ބިލެއް، މި ބިލަކީ. މިއަދު އިތުރު އޮފީހެއް ހަދައިގެން މުވައްޒަފުން ނަގައިގެން ވޯޓުން ވައްކަން ކުރަން ހުށަހެޅިފައި އޮތް ބިލެއް މިއީ،" އޭނާ ވިދާޅުވި އެވެ.
ގަޕޯގެ އެ ތުހުމަތަށް ރައްދު ދެއްވަމުން ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާއު ވިދާޅުވީ އީ-ވޯޓިންއާ ބެހޭ އެެއްވެސް ވާހަކައެއް އެ ބިލުގައި ނެތް ކަމަށާއި ގަޕޯ ހެއްދެވީ ދޮގެއް ކަމަށެވެ.
"ނިޒާމުގެ ތެރެއިން ވައްކަމެއް ކުރެވޭނެ ދޮރު ބަންދުކުރަންޏާ ވަރަށް އަސަރުކުރާނެ މި ބޭފުޅުންނަށް،" އެމްޑީޕީގެ މެމްބަރުންނަށް އިޝާރާތް ކުރައްވަމުން ޝުޖާއު ވިދާޅުވި އެވެ.
ޑިިޖިޓަލް ޓްރާންސްފޮމޭަޝަން ބިލު ސަރުކާރުން ހުށަހެޅީ ރާއްޖޭގައި ކުރާ ވައްކަންތައް ހުއްޓުވަން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މާފަންނު ހުޅަނގު ދާއިރާގެ މުހައްމަދު މުސްތަފާ އާއި ޕީއެންސީގެ އެހެން ބައެއް މެންބަރުން ވެސް ގަޕޯގެ ތުހުމަަތަށް ރައްދު ދެއްވި އެވެ.
މުސްތަފާ ވިިދާޅުވީ ބިލްގެ ބޭނުމަކީ އީ-ވޯޓިން އަށް ދިއުން ނޫން ކަމަށާއި އެއީ ޕީއެންސީން ދަންނަ އަދި ކުރަން ބޭނުންވާ ކަމެއް ވެސް ނޫން ކަމަށެވެ.
"އަޅުގަނޑުމެންގެ ސަރުކާރެއްގެ ވިސްނުމެއް ވެސް ނޫން، ރައީސުލްޖުމްހޫރިއްޔާގެ ވިސްނުންފުޅެއް ވެސް ނޫން އީ-ވޯޓިން އަށް ދިއުމަކީ،" މުސްތަފާ ވިދާޅުވި އެވެ.
ފުނަދޫ ދާއިރާގެ މެންބަރު މުހައްމަދު މަމްދޫހު ވިދާޅުވި ގޮތުގައި ޑިޖިޓަލް ޓްރާންސްފޮމޭޝަން ބިލް މަޖިލީހަށް ހުށަހެޅި އިރު ވެސް އެމްޑީޕީން އެ ބިލާ ދެކޮޅު ހަދާނެކަން އެނގެ އެވެ.
ފޭދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ދީދީ ވިދާޅުވީ އެފަދަ ބިލެއް ހުށަހަޅާ ކޮންމެ ފަހަރަކު އެ ބިލާ މެދު ރައްޔިތުންގެ ވިސްނުން "ނުބައި ގޮތަކަށް އަނބުރާލަން" މަސައްކަތް ކުރުަމަކީ ވަރަށް ވިޔާނުދާ ކަމެއް ކަމަށެވެ.
އިންތިހާބާ ބެހޭ އެއްވެސް ކަމެއް އެ ބިލުގައި ނެތް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ޑިޖިޓަލައިޒް ކުރާ ބިލާ އެކު އީވޯޓިންގެ ބަހުސް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ