ކާބަން އެކްސް 2.0 ޕްރޮގްރާމްގެ މާލީ އެހީ އއ. ހިމަންދޫއަށް

އިނގިރޭސި ވިލާތުގެ ލަންޑަންގައި މިހާރު ކުރިއަށްދާ "ލަންޑަން ކްލައިމެޓް ވީކް" ގެ ތެރެއިން ބޭއްވި "ކާބަންއެކްސް ޕްރޮގްރާމް 2.0" ގެ އެވޯޑް ދިނުމުގެ ރަސްމިއްޔާތުގައި ކާބަންއެކްސް ޕްރޮގްރާމް 2.0 ގެ ދަށުން މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ހޮވާފައިވާ މަޝްރޫއުތަކުގެ ތެރޭގައި، ރާއްޖޭގެ އއ. ހިމަންދޫގައި ކުރިއަށްގެންދާ "ލޯންގް-ޑިއުރޭޝަން އެނާޖީ ސްޓޯރޭޖް" މަޝްރޫއު ވަނީ ހިމެނިއްޖެއެވެ.
ރާއްޖޭގެ މަތީ ފަންތީގެ ވަފުދެއްވެސް ބައިވެރިވި މިހަފްލާގައި އިއުލާންކުރި ގޮތުގައި، ޓެންސެންޓް ކުންފުނީގެ ކާބަންއެކްސް ޕްރޮގްރާމް 2.0 ގެ ދަށުން މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ހޮވާފައިވާ މަޝްރޫއުތަކުގެ ތެރޭގައި، ރާއްޖޭގެ އއ. ހިމަންދޫގައި ކުރިއަށްގެންދާ "ލޯންގް-ޑިއުރޭޝަން އެނާޖީ ސްޓޯރޭޖް" މަޝްރޫއު ވަނީ ހިމެނިފައެވެ. މި މަޝްރޫއުގެ ދަށުން ހިމަންދޫގައި 'ފްލޯ ބެޓަރީ އެނާޖީ ސްޓޯރޭޖް' ނިޒާމެއް ގާއިމުކޮށް، އެ ރަށަކީ ސައްތައިން ސައްތަ އިއާދަކުރަނިވި ހަކަތައިން ކަރަންޓު އުފައްދާ ރަށަކަށް ހެދުމަށް ވަނީ އަމާޒު ހިފާފައެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ކަނޑައަޅާފައިވާ ގައުމީ އަމާޒަކީ ރާއްޖޭގައި ބޭނުންކުރާ ކަރަންޓުގެ 33 އިންސައްތައަކީ އިއާދަކުރަނިވި ހަކަތައިގެ ވަސީލަތްތަކުން އުފައްދާ ކަރަންޓަށް ހެދުމެވެ. ހިމަންދޫގައި ކުރިއަށްގެންދާ މި މަސައްކަތަކީ އެ އަމާޒަށް ވާސިލުވުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ