ކަރަންޓު ކެނޑުމުގެ ސަބަބުން ތެލަސީމީއާ ސެންޓަރުގެ ހިދުމަތްތަކަށް ބުރުއެރިކަމަށް ބުނާ ވާހަކަތައް މާލެ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސިއީއޯ އިބްރާހިމް އަބްދުލް ރައްޒާގް ހަލީމް ދޮގުކުރައްވައިފިއެވެ.
މާލެ ސިޓީ އަދި ހުޅުމާލެއިން ކަރަންޓު ކެނޑުމުގެ ސަބަބުން ތެލަސީމިއާ ސެންޓަރުގެ ހިދުމަތްތަކަށް ބުރުއަރައި އެތަނުގައި ރައްކައުކޮށްފައިހުރި ލޭ ހަލާކުވުމުގެ ކަންބޮޑުވުން އޮތްކަމަށް ބުނެ ސޯޝަލްމީޑިއާގައި ކުރި ޕޯސްޓަކަށް ސީއީއޯ ހަލީމްވަނީ ޖަވާބުދެއްވާފައެވެ. 11 ޖެހުމާއި ގާތްވެފައިވަނިކޮށް ކުރެއްވި ޕޯސްޓުގައި ހަލީމްވަނީ ތެލަސީމިއާ ސެންޓަރުގައި ކަރަންޓު ހުރިކަން ހާމަކުރައްވާފައެވެ.
އޭނާ ވިދާޅުވީ، ކަރަންޓު ކެނޑުމާއިއެކު އެތަނުގައި ގާއިމުކޮށްފައިވާ ބެކަޕް ސިސްޓަމް މެދުވެރިކޮށް ވަގުތުުން ކަރަންޓުގެ ހިދުމަތް ފޯރުކޮށްދެވުނުކަމަށެވެ. އަދި ލޭ އެޅުމުގެ ހިދުމަތްތައް މެދުކެނޑިގެންދިޔަކަމަށް ބައެއް ފަރާތްތަކުން ބުނި ނަމަވެސް އެފަދަ ހާލަތެއް މެދުވެރިނުވާކަމަށްވެސް ހިއްސާކުރެއްވިއެވެ.
ހަލީމް ވިދާޅުވީ، ކަރަންޓު ކެނޑުމުން 5 ވަރަކަށް މިނެޓުގެ ވަގުތުކޮޅަކަށް ކްރޮސް މެޗު ހެދުމުގެ ކަންކަން މަޑުޖައްސާލަން ޖެހުނުކަމަށެވެ. ނަމަވެސް އެތަނުގައި ރައްކައުކޮށްފައިހުރި ލޭ އެއްވެސް ވަރަކަށް ހަލާކުވާނެ ހާލަތެއް މެދުވެރިވެގެން ނުދާކަމަށެވެ. އެހެންކަމުން ރައްޔިތުންގެ ހިތުގައި އެތަނާއިމެދު ނުތަނަވަސްކަން އުފެދިގެންދާ ތެދުނޫން ވާހަކަތައް ފެތުރުން ހުއްޓާލުމަށް އިލްތިމާސްކުރައްވާފައިވެއެވެ.
ކަރަންޓު ކެނޑުމުން ތެލަސީމިއާ ސެންޓަރުގެ ހިދުމަތްތައް ހުއްޓިގެން ނުދޭ: ހަލީމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ