ފިލިޕީންސްގެ ދެކުނަށް 7.8 މެގްނިޓިއުޑްގެ ބިންހެލުމެއް، ސުނާމީގެ އިންޒާރު ނެރެފި

ފިލިޕީންސްގެ ދެކުނު ސަރަހައްދަށް 7.8 މެގްނިޓިއުޑްގެ ބިންހެލުމެއް އައިސް އައްސޭރިފަށުގެ މުހިއްމު ސިޓީއަކަށް ގެއްލުން ލިބި، ކަރަންޓް ކެނޑި، ބައެއް ސަރަހައްދުތަކަށް ސުނާމީގެ އިންޒާރު ދީފިއެވެ. ޔުނައިޓެޑް ސްޓޭޓްސް ޖިއޮލޮޖިކަލް ސަވޭ (ޔޫއެސްޖީއެސް) އިން ސުނާމީގެ އިންޒާރާ އެކު ބުނީ ކަނޑުގެ ބިމު އަޑިން މި ބިންހެލުން އުފެދިފައިވަނީ ފިލިޕީންސްގެ މިންދަނާއޯ ރަށުގެ ބޭރުން 35 ކިލޯމީޓަރު (22 މޭލު) ފުނުން ކަމަށެވެ. ބިންހެލުން އައީ ފިލިޕިންސް މިއަދު ގަޑިން ހެނދުނު 7:40 އެހާއިރު އެވެ. ރާއްޖެ ގަޑިން ނަމަ ފަތިހު 4:40 އެވެ. ބިންހެލުމުގެ ސަބަބުން ވެހިކަލްތަކެއް ހަލާނުވެފައި. ފޮޓޯ/އޭޕީ އުސް ތަންތަނަށް ދިއުމަށް އާންމުންނަށް އިލްތިމާސްކޮށްފައިވާއިރު، ޖެނެރަލް ސަންޓޯސް ސިޓީގެ ކުޑަ އިމާރާތެއްވެސް ވަނީ ވެއްޓިފައެވެ. ނަމަވެސް އެއްވެސް މީހަކަށް އަނިޔާލިބިފައިވާކަމުގެ ރިޕޯޓެއް ލިބިފައެއް ނެތެވެ. ހަަތް ދިހަ ހާހަށް ވުރެ ގިނަ މީހުން ދިރިއުޅޭ އައްސޭރިފަށުގެ ސިޓީއަކީ ޓޫނާ ޕްރޮސެސިން އިންޑަސްޓްރީގައި މަޝްހޫރު މިންޑަނައޯ ޖަޒީރާގެ ވިޔަފާރި މަރުކަޒެކެވެ. ޕެސިފިކް ސުނާމީ ވާނިން ސެންޓަރުން ބުނީ ފިލިޕީންސްގެ ބައެއް އައްސޭރިފަށަށް ތިން މީޓަރު (10 ފޫޓު) އާ ހަމައަށް ސުނާމީ ރާޅު އަރާނެ ކަމަށެވެ. ސުނާމީގެ އަސަރު އިންޑޮނޭޝިއާ އާއި މެލޭޝިއާގެ ބައެއް އައްސޭރިފަށަށްވެސް ކުރާނެ ކަމަށާއި އެއް މީޓަރު (ތިން ފޫޓު) އާ ހަމައަށް ރާޅު އަރާނެ ކަމަށް ވެސް އެ އިދާރާއިން ވަނީ ބުނެފައެވެ. ބިންހެލުމާ ގުޅިގެން އިމާރާތެއް ހަލާކުވެފައި. ފޮޓޯ/އޭޕީ "އަޅުގަނޑުމެން ނަސޭހަތްތެރިވަނީ އުސް ތަންތަަނަށް ދިއުމަށް." ފިލިޕީންސްގެ އިންސްޓިޓިއުޓްގެ ވެރިޔާ ޓެރެސިޓޯ ބަކޮލްކޯލް ވިދާޅުވިއެވެ. ކަނޑަށް ކުދިކުދި ބަދަލުތައް ޓައިވާން، ޖަޕާން، ގުއާމް، ޕަޕުއާ ނިއު ގިނީ އަދި ހުޅަނގު ޕެސިފިކްގެ ބައެއް ޖަޒީރާ ގައުމުތަކާއި ސަރަހައްދުތަކަށް އަތުވެދާނެ ކަމަށްވެސް ވަނީ ބުނެފައެވެ. ސުނާމީގެ އިންޒާރު އައިސްފައިވާ ގައުމުތަކުގެ އައްސޭރި ފަށުގެ ސަަރަހައްދުތަކުގައި މިހާރު ދަނީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅަމުންނެވެ. ދުނިޔޭގެ އެންމެ ކާރިސާތައް ކުރިމަތިވާ އެއް ގައުމު ކަމަށްވާ ފިލިޕީންސްއަށް ގިނަ ފަހަރަށް ބިންހެލުމާއި އަލިފާން ފަރުބަދަ ގޮވުން ފަދަ ހާދިސާތައް ކުރިމަތި ވަނީ ކަނޑުގެ ވަށައިގެންވާ ސެއިސްމިކް ފޯލްޓްތަކުގެ އާކެއް ކަމަށްވާ ޕެސިފިކް "ރިންގް އޮފް ފަޔާ" ގައި އޮންނާތީއެވެ. އަދި ކޮންމެ އަހަރަކު ގާތްގަނޑަކަށް 20 ތޫފާންވެސް އެ ގައުމަށް އަރައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ