ވޯލްޑް ކަޕަށް ސިމްޑީން އިލީ ކޮފީ މެޝިން ބަންޑަލްތަކުން 30 ޕަސަންޓުގެ ޑިސްކައުންޓެއް

ފީފާ ވޯލްޑް ކަޕް 2026 އާ ގުޅުވައި ސިމްޑީ ގްރޫޕުން އިލީ ކޮފީ މެޝިން ބަންޑަލްތަކުން 30 ޕަސަންޓު ޑިސްކައުންޓް ލިބޭ ޕްރޮމޯޝަނެއް ފަށައިފި އެވެ. 
މި ހާއްސަ އޮފާގެ ދަށުން ކަސްޓަމަރުންނަށް އިލީ އެކްސް ނައިން ކްރޯމް އިޕަރެސްޕްރެސޯ މެޝިނަކާއި އަށާރަ އިޕަރެސްޕްރެސޯ ކެޕްސޫލް ހިމެނޭ ބަންޑަލްއެއް، އާންމުކޮށް ވިއްކާ އަގަށްވުރެ ތިރީސް އިންސައްތަ ހެޔޮކޮށް ބައްލަވައިގަނެވޭނެއެވެ. މިއީ ދުނިޔޭގެ ފެންވަރުގެ މޮޅު ކޮފީގެ ރަހަ ހެޔޮ އަގެއްގައި ތަޖުރިބާކޮށްލުމަށް ލިބޭ ރަނގަޅު ފުރުސަތެކެވެ.
އިލީ އެކްސް ނައިން ކްރޯމް އިޕަރެސްޕްރެސޯ މެޝިނަކީ ކޮފީގެ ފެންވަރަށް ލޯބިކުރާ، އިޓަލީގެ ފަރުމާކުރުންތަކަށް ގަޔާވާ ފަރާތްތަކަށް ހާއްސަކޮށްގެން ތައްޔާރުކޮށްފައިވާ މެޝިނެކެވެ. މި މެޝިނުގެ އެހީގައި ގޭގައި ނުވަތަ މަސައްކަތު މާހައުލުގައިވެސް ވަރަށް ފަސޭހަކަމާއެކު، ބަރިސްޓާއަކު ތައްޔާރުކުރާ ފަދަ މީރު އެސްޕްރެސޯއެއް ތައްޔާރުކޮށްލެވޭނެއެވެ.
އިލީގެ ސިގްނޭޗާ ކެޕްސޫލްތަކާއެކު މި މެޝިން ބޭނުންކުރުމުން ކޮންމެ ތައްޓަކުންވެސް ކޮފީގެ އަސްލު މީރުވަހާއި ރަހަ ލިބިގެންދާނެކަމުގެ ޔަގީންކަން ސިމްޑީން ދެއެވެ.
ޖުލައި 19، ގެ ނިޔަލަށް ދުވަހުގެ ނިޔަލަށް ކުރިއަށްދާ މި ޕްރޮމޯޝަންގެ މުއްދަތުގެ ތެރޭގައި ސިމްޑީ ރެސޫ އަދި ސިމްޑީ ރެކްރިއާ ފިހާރަތަކުން މި ބަންޑަލް ލިބެން ހުންނާނެ އެވެ. އޭގެއިތުރުން ސިމްޑީގެ އޮންލައިން ވެބްސައިޓް މެދުވެރިކޮށްވެސް ކަސްޓަމަރުންނަށް އޯޑަރު ކުރެވޭނެ އިންތިޒާމު ވަނީ ހަމަޖައްސާފަ އެވެ.
މިއީ ބައިނަލްއަގުވާމީ ގޮތުން މަގުބޫލު ބްރޭންޑްތަކާއި މަތީ ފަންތީގެ ދިރިއުޅުމުގެ ތަޖުރިބާތައް ދިވެހިންނާ ހަމައަށް ގެނެސްދިނުމަށް އެ ކުންފުނިން ކުރަމުންދާ މަސައްކަތުގެ ބައެއް ކަމަށް ސިމްޑީން ބުންޏެވެ. 
އިލީގެ އިތުރުން އިލެކްޓްރޯލަކްސް ފަދަ ދުނިޔޭގެ މަޝްހޫރު ބްރޭންޑްތައް ތަމްސީލުކުރާ ސިމްޑީ ރެސޫގެ އަމާޒަކީ އާދަޔާ ހިލާފު އުފެއްދުންތަކާއި، ކަމާބެހޭ މާހިރުންގެ ހިދުމަތާއި، އިތުބާރު ހުރި އާފްޓާ ސޭލްސް ސަޕޯޓާއެކު ކަސްޓަމަރުންގެ ދިރިއުޅުމުގެ ފެންވަރު މަތިކޮށްދިނުން ކަމަށް އެ ކުންފުނިން ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ