ސްކޫލް އެކްޓިވިޓީ ކަލެންޑަރ އެކުލަވާލުމަށް މުޅިން އަލަށް މަޝްވަރާ ފޯރަމެއް

ދިރާސީ އަހަރުގެ ސްކޫލްތަކުގެ އެކްޓިވިޓީ ކަލަންޑަރު އެކުލަވާލުމަށް ގިނަ ފަރާތްތަކެއްގެ ޚިޔާލު ހޯދުމުގެ މަޤްޞަދުގައި މުޅިން އަަލަށް މަޝްވަރާ ފޯރަމެއް ބާއްވަފިއެވެ.
އިމާދުއްދީން ސްކޫލުގައި ދެ ދުވަހުގެ މުއްދަތަށް ކުރިއަށްދާ މި ފޯރަމް ރަސްމީކޮށް ހުޅުވައިދެއްވީ މިނިސްޓަރ އޮފް އެޑިޔުކޭޝަން، ޑރ. އިސްމާޢީލް ޝަފީޢުއެވެ.
މި ފޯރަމްގައި ބައެއް ސްކޫލްތަކުގެ ޕްރިންސިޕަލުންނާއި، ކުޅިވަރު އެސޯސިއޭޝަންތަކުގެ އިތުރުން އިސްލާމިކް މިނިސްޓްރީއާއި ސިޓީސް މިނިސްޓްރީ، ދިވެހި ބަހުގެ އެކެޑަމީއާއި ޤުރުއާނާ ބެހޭ މަރުކަޒު އަދި ކެޑޭޓްކޯއާއި ސްކައުޓް އެސޯސިއޭޝަންގެ އިތުރުން ގާލްގައިޑް އެސޯސިއޭޝަނުން ވެސް ބައިވެރިވެއެވެ.
ފޯރަމް ފައްޓަވައިދެއްވަމުން ޑރ. އިސްމާޢީލް ޝަފީޢު ވިދާޅުވީ، މި ފޯރަމްގެ މައިގަނޑު މަޤްޞަދަކީ، ދެމެހެއްޓެނިވި އުސޫލަކުން މުދައްރިސުންނާއި، ބެލެނިވެރިންނާއި، ޚާއްޞަކޮށް ދަރިވަރުންނަށް ބުރަ ބޮޑުނުވާނެ ގޮތަށް ސްކޫލު އެކްޓިވިޓީ ކަލަންޑަރު އެކުލަވާލުންކަމަށެވެ.
މިނިސްޓަރ ވިދާޅުވިއެވެ.
މީގެއިތުރުން، ސްކޫލްތަކުން އިތުރު ހަރަކާތްތައް ހިންގާއިރު ދަރިވަރުންގެ ކިޔެވުމަށް ހުރަސް ނޭޅޭނެ ގޮތަކަށް ކަންކަން އިންތިޒާމްކުރުމަށް އެދިވަޑައިގަންނަވާށާއި، ދަރިވަރުންނާ ބެހޭގޮތުން ނިންމާ ކޮންމެ ކަމެއްގައި ދަރިވަރުންނަށް އެންމެ ބޮޑު އިސްކަމެއް ދެއްވުމަށް މަޝްވަރާ ބައްދަލުވުމުގެ އެންމެހައި ބައިވެރިންނަށް މިނިސްޓަރ ވަނީ އިލްތިމާސްކުރައްވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ