މާދަމާ މާލޭގެ ބައެއް ސަރަޙައްދުތަކުން ކަރަންޓު ކެނޑޭނެކަމަށް ސްޓެލްކޯއިން ބުނެފިއެވެ.
ކަރަންޓުގެ ހިދުމަތް ބައެއް ސަރަހައްދުތަކުން ކެނޑޭނެކަމަށް ސްޓެލްކޯއިން ބުނީ ކުންފުނީގެ ބައެއް މަސައްކަތްތައް ރޭވިފައިވާތީ އެވެ. އެގޮތުން ކަރަންޓު ވިއުގަ އަޕްގްރޭޑް ކުރުމުގެ މަސައްކަތަށް މާލޭގެ، ބޮޑުރަސްގެފާނު މަގު އަދި އެމަގުގެ ހަނި ގޯޅި ހިމެނޭ ސަރަޙައްދުން މެންދުރުފަހު 14:00 އާއި 16:00 އާ ދެމެދު ކަރަންޓުގެ ޚިދުމަތް މެދުކެނޑިދާނެކަމަށް ވަނީ ބުނެފައެވެ.
https://x.com/STELCOMALDIVES/status/1934171957781774731?t=nWQKKUHKWyFf39wPTyYYvA&s=08
މިކަމުގެ ސަބަބުން ދިމާވެދާނެ ދަތިތަކަށް އެކުންފުނިންވަނީ މަޢާފަށްއެދިފައެވެ.
މާދަމާ މާލޭގެ ބައެއް ސަރަޙައްދުތަކުން ކަރަންޓު ކެނޑޭނެ: ސްޓެލްކޯ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ