މޯލްޑިވް ގޭހުން ވިޔަފާރިތަކަށް ގޭސް ވިއްކާ އަގު ބޮޑުކޮށްފި

މޯލްޑިވް ގޭހުން ވިޔަފާރިތަކަށް ވިއްކާ ގޭހުގެ އަގު ބޮޑުކޮށްފި އެވެ. 
އެ ކުންފުނީގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި ބަދަލު ގެނައީ ރިސޯޓުތަކާއި ކެފޭ އަދި ހޮޓާތަކަށް ވިއްކާ ގޭހުގެ އަގަށެވެ. ނަމަވެސް، ގޭބިސީތަކަށް ވިއްކާ ގޭހުގެ އަގަށް އެއްވެސް ބަދަލެއް ނުގެންނަ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.
އަލަށް ގެނައި ބަދަލުތަކާއެކު، 45 ކިލޯގެ ގޭސް ފުޅިއެއްގެ އަގު ވަނީ 25 ޕަސެންޓް ބޮޑުކޮށްފަ އެވެ. އަދި 22 ކިލޯގެ ފުޅިއެއްގެ އަގު 15 ޕަސެންޓަށް ބޮޑުކޮށްފައިވެ އެވެ.  
އަގުތައް އެންމެ ބޮޑުކޮށްފައިވަނީ ވެސް ރިސޯޓުތަކަށެވެ. ރިސޯޓުތަކަށް ގޭސް ވިއްކާ އަގު އަގު 25 ޕަސެންޓް ބޮޑުކުރިއިރު، ކެފޭ/ރެސްޓޯރެންޓް އަދި ހޮޓާތަކަށް ގޭސް ވިއްކާ އަގުން ބޮޑުކޮށްފައިވަނީ 15 ޕަސެންޓެވެ. 
އެއާއެކު، 45 ކިލޯގެ ފުޅިއެއްގެ އަގު 1،314ރ. އަށް ބޮޑުވިއިރު، 22 ކިލޯގެ ފުޅިއެއްގެ އަގު 500ރ. އަށް ވަނީ ބޮޑުވެފަ އެވެ. 
އޮފިޝަލް ވިދާޅުވީ ގޭހުގެ އަގު ބޮޑުކުރީ މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ގޭސް ލިބުން ދަތިވެ، އެކަމަށް ކުރާ ހޭދަ ބޮޑުވުމުން ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ