އެމްޑީޕީގެ ޗެއާޕާސަން އިންތިހާބަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދު ވާދަކުރަންވީ އިންތިހާބެއް ނޫން ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ސޯލިހު މިހެން ވިދާޅުވިއިރު، އެމްޑީޕީގެ ޗެއާޕާސަން ހޮވުމަށް ބާއްވާ އިލެކްޝަންގައި ސޯލިހު ތާއީދު ކުރައްވަނީ، ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް ނަސީމަށެވެ.
ޅ. ހިންނަވަރުގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ސޯލިހު ވިދާޅުވީ އެމަނިކުފާނާއި ނަޝީދާއި ކުރީގެ ރައީސް އަބްދުﷲ ޔާމީން ގުޅިވަޑައިގެން މިދިޔަ ހުކުރު ދުވަހު އުފެއްދެވީ ޔުނައިޓެޑް ޑިމޮކްރެޓިކް ފްރަންޓް ނަމަކަށް ކިޔާ އިއްތިހާދެއް ކަމަށާއި ތިން ބޭފުޅުން ވެސް މަސައްކަތް ކުރަންވީ މި ސަރުކާރު ބަދަލު ކުރުމަށް ކަމަށެވެ.
”އަޅުގަނޑު ގަބޫލުކުރާ ގޮތުގައި މިއީ އަކީ ރައީސް ނަޝީދު ވާދަކުރައްވަންވީ އިންތިހާބެއް ނޫން. މިއީ އެމަނިކުފާނު އަޅުގަނޑުމެންނާއެކީގައި ގައުމު އިސްލާހުކުރުމަށްޓަކައި މިއަދު ކުރިމަތިވެފައި އޮތް މަސައްކަތްތައް ކުރުމަށްޓަކައި ޔުނައިޓެޑް ޑިމޮކްރެޓިކް ފްރޮންޓުގައި އަޅުގަނޑުމެން ތިން ރައީސުން ފެށި މަސައްކަތުގައި ދެމިހުންނަންވީ،“ ސޯލިހު ވިދާޅުވިއެވެ.
ނަޝީދަށް ވަރަށް ބޮޑަށް ފާޑުވިދާޅުވުމަށްފަހުގައި ސޯލިހު ވިދާޅުވީ، މިއީ ނަޝީދަށް ވިދާޅުވާ ބަދުބަހެއް ނޫން ކަަމަށެވެ.
އެމްޑީޕީގެ ޗެެއާޕާސަން ކަމަށް ނަޝީދު ވާދަކުރައްވާނެ ކަމެއް ނެތްކަމަށް ސޯލިހު ވިދާޅުވުމުން، ނަޝީދަށް ތާއީދު ކުރާ މީހުން ގެންދަނީ މީސްމީޑިއާގައި ސޯލިހަށް ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ.
ޗެއާޕާސަންގެ އިންތިހާބުގައި ނަޝީދު ވާދަކުރާތީ ސޯލިހު ފާޑުވިދާޅުވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ