ސްޓޭޓްފާމާގެ ފުރަތަމަ ފާމަސީ އައިޖީއެމްއެޗްގައި ހުޅުވައިފި

ދައުލަތުގެ ބޭސް ކުންފުނީގެ ފުރަތަމަ ފާމަސީ "ސްޓޭޓްފާމާ އައިޖީއެމްއެޗް ފާމަސީ" ގެ ނަމުގައި އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ގެ އޯޕީޑީ ސަރަހައްދުގައި ހުޅުވައިފިއެވެ.
ރާއްޖެއަށް ކުރިމަތިވެފައިވާ ބޭހުގެ މައްސަލަ ހައްލު ކުރުމަށް ރައީސުލްޖުމްހޫރިއްޔާ ސްޓޭޓް ފާމަސޫޓިކަލް އުފެއްދެވީ މިދިޔަ އަހަރުގެ ސެޕްޓެންބަރު މަހުގައެވެ. އެސްޓީއޯއިން ކުރަމުންދިޔަ ބޭސް އެތެރެކުރުމުގެ މަސައްކަތް މިއަހަރުގެ މެދުތެރޭގައި އެއްކޮށް ސްޓޭޓްފާމާއާ ހަވާލުކުރެވޭނެއެވެ. ބޭސް ލިބުމުގައި ހުރި ދަތިތަކާ ގުޅޭގޮތުން މަޢުލޫމާތު ދިނުމަށް 1505 ނަންބަރުގެ 24 ގަޑިއިރުގެ ހޮޓްލައިނެއްވެސް މިހާރު ވަނީ ތަޢާރަފްކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ