ވާވު އަތޮޅު ދެވަނަ ކަނޑު ހޮހޮޅައަށް ފީނަން ގޮސް އުޅެނިކޮށް ތާށިވީ އިޓަލީގެ ޓޫރިސްޓުންގެ ހަށިގަނޑުގެ ރިކަވަރީ އޮޕަރޭަޝަނުގައި އުޅެނިކޮށް ނިޔާވީ ސިފައިންގެ ސާޖަންޓު މުހައްމަދު މަހުދީގެ ފުރާނަގެއްލުނު ހާދިސާ ތަހުގީގުކުރަމުން އަންނަ ކަމަށް ފުލުހުން ބުނެފި އެވެ.
ރަސްމީ އިދާރާތަކުން ބުނަނީ ނިޔާވީ އޭނާ އާއި ސިފައިންގެ ހަތް ޑައިވަރަކު ހޮހޮޅައަށް ކުރި ޑައިވަކަށް ފަހު މައްޗަށް އެރިއިރު އޭނާ ނެތްކަން އެނގުމުން، ފުލުހުންގެ ޑައިވަރުންގެ ޓީމަކުން އަޑިއަށް ގޮސް ނެގިއިރު ހާލުދެރަވެގެން ހޮސްޕިޓަލަށް ގެންދިޔަ ފަހުން ކަމަށެވެ.
ނަމަވެސް މި ހާދިސާ ހިނގައިިދިޔައީ މިހެން ނޫން ކަމަށް ބުނެ ސޯޝަލް މީޑިއާގައި ގިނަ ވާހަކަތަކެއް ދަނީ ދައުރުވަމުންނެވެ. ގިނަ ބަޔަކު މި ކަމުގައި އުފައްދާ ސުވާލަކީ މަހުދީ ވެސް ދިޔައީ ޑައިވިންގައި ކޮންމެހެން އަމަލުކުރަން ޖެހޭ ބަޑީ އުސޫލު ބުނާ ގޮތުން އެހެން ޑައިވަރަކާ އެކީ ކަމަށް ބުނާއިރު މައްޗަށް އެރިފަހުން ނެތް ކަން އެނގުނީ ކިހިނެއްތޯ އެވެ.
މި ސުވާލުތަކާ ގުޅިގެން ފުލުހުންގެ މީޑިއާގައި ބުނީ ހޮނިހިރު ދުވަހު ކުރިއަށް ގެންދިޔަ ސާޗް އޮޕަރޭޝަނުގައި މަހުދީ ނިޔާވި ހިތާމަވެރި ހާދިސާ ހިނގަން މެދުވެރިވި ގޮތް ފުލުހުން ބަލަމުން ގެންދާ ކަމަށެވެ.
މަހުދީ ނިޔާވާން މެދުވެރިވީ ހާދިސާއާ ގުޅިގެން ސަރުކާރާއި މި އޮޕަރޭޝަން ކުރިއަށް ގެންދަން ހުއްދަ ދިން ސިފައިން ކޮމާންޑަށް އަމާޒުވާ އެންމެ ބޮޑު ފާޑުކިޔުމަކީ އެކަށީގެންވާ ތަމްރީނާއި ވަސީލަތްތައް ނެތި ރިކަވަރީ އޮޕަރޭޝަން ކުރިއަށް ގެންދަން ނިންމި ސަބަބަކާ ގުޅިގެންނެވެ.
މި ގޮތަށް މި ވާހަކަތައް ދެކެވުނީ، މި ހާދިސާ ހިނގުމުގެ ކުރިން މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) ގެ ކޮމާންޑާންޓް މުހައްމަދު ސަލީމް ލައިވް ޓީވީގައި، ސިފައިން ތަމްރީނުތައް ހަދާފައި ވަނީ 50 މީޓަރު ފުނަށް ދާން ކަަމަށް ވިދާޅުވެފައި އޮތުމުންނެވެ.
ނަމަވެސް ހާދިސާ ހިނގި ފަހުން ސަލީމް ވަނީ އޭރު އެހެން ވިދާޅުވި ނަމަވެސް، ސިފައިންނަކީ ނޯމަލް ކޮމްޕްރެސްޑް އެއާގައި 50 މީޓަރަށް ވުރެ ފުނަށް ފީނުމުގެ ގާބިލުކަން ލިބިފައިވާ ބަޔެއް ކަމަށް ބުނެ އޭރު ދެއްކެވި ވާހަކަތައް ބަދަލުކުރައްވާފަ އެވެ.
ރިކަވަރީ އޮޕަރޭޝަނުގައި އުޅެނިކޮށް މަހުދީ ނިޔާވި ގޮތް ބަލަމުން އަންނަ ކަމަށް ފުލުހުން ބުނެފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ