ވ. އަތޮޅުގައި ގެއްލުނު އިޓަލީގެ ފަތުރުވެރިން ހޯދުމުގެ ރެސްކިއު އޮޕަރޭޝަނުގައި އުޅެނިކޮށް، އެމްއެންޑީއެފްގެ ސިފައިންގެ ޑައިވަރު، ސާޖަންޓް ފަސްޓް ކްލާސް މުޙައްމަދު މަހުދީ ނިޔާވި ހާދިސާ ފުލުހުން ތަހުގީގު ކުރަން ފަށައިފިއެވެ.
ފުލުހުން ބުނީ، މިދިޔަ ހޮނިހިރު ދުވަހު ހިނގި މި ހިތާމަވެރި ހާދިސާގައި މަހުދީ ނިޔާވާން މެދުވެރިވި ގޮތް ވަރަށް ގާތުން ބަލައި ތަހުގީގު ކުރަމުންދާ ކަމަށެވެ. ނަމަވެސް، މި ތަހުގީގާ ގުޅޭ އިތުރު ތަފްސީލެއް ފުލުހުން އަދި ހާމައެއް ނުކުރެއެވެ.
މި ހާދިސާގައި ގެއްލުނު އިޓަލީގެ ފަސް މީހުންގެ ހަށިގަނޑުވެސް މިހާރު ވަނީ ފެނިފައެވެ. އޭގެ ތެރޭގައި ހިމެނެނީ މަޝްހޫރު މެރިން ބަޔޮލޮޖިސްޓް މޮނިކާ މޮންޓެފަލްކޯން (52އ)، އޭނާގެ ދަރިފުޅު ޖިއޯޖިއާ ސޮމަކާލް (20އ)، މުރީއެލް އޮޑެނީނޯ (31އ)، ޖިއަންލުކާ ބެނެޑެޓީ (44އ) އަދި ފެޑެރީކޯ ގުއަލްޓިއަރީ (31އ) އެވެ. މި އެންމެންގެ ހަށިގަނޑު ހޮހޮޅަ ތެރެއިން ނެގީ ފިންލެންޑްގެ ތިން ޑައިވަރަކު ގުޅިގެން ކުރި މަސައްކަތުންނެވެ.
ސާޖަންޓް ފަސްޓް ކްލާސް މަހުދީގެ މަރު ތަހުގީގު ކުރަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ