އެމްޓީސީސީން މަޢުލޫމާތު ދިން ގޮތުގައި، މި މަޝްރޫޢުގެ ފުރަތަމަ ފިޔަވަހީގެ ދަށުން ކުރިއަށްދާ މަސައްކަތްތަކުގެ ތެރެއިން، ސެގްމަންޓް 2، 3 އަދި 4 އެއްކޮށް ޖުމްލަ 400 މީޓަރުގެ ސަރަހައްދެއްގައި ޝީޓް ޕައިލް ކުރުމުގެ މަސައްކަތް މިހާރު ވަނީ އެއްކޮށް ނިންމާލެވިފައެވެ. މިއީ އެ ސަރަހައްދުގައި ކުރަންޖެހޭ ޝީޓް ޕައިލް ކުރުމުގެ މަސައްކަތުގެ 76 އިންސައްތައެވެ.
މަޝްރޫޢުގެ ތަފްޞީލުތަކަށް ބަލާއިރު، ކީވޯލް ކެޕިންގގެ މަސައްކަތްތައް މިދިޔަ ހަފުތާގެ ތެރޭގައި ވަނީ ފަށާފައެވެ. މީގެ އިތުރުން، ސެގްމަންޓް 4 ގައި ހިމެނޭ ދުވާރު ހެދުމުގެ މަސައްކަތާއި، އެ ސަރަހައްދުގައި ގާއިމުކުރާ ޕަންޕް ސްޓޭޝަންގެ ވަޅު ބެހެއްޓުމުގެ މަސައްކަތްވެސް މިހާރު ދަނީ ކުރަމުންނެވެ.
އެމްޓީސީސީން އިތުރަށް ބުނެފައިވަނީ، ބޮޑުތަކުރުފާނު މަގުގެ ނަރުދަމާގެ ނިޒާމު އިތުރަށް ފުރިހަމަކުރުމަށް ކުރަންޖެހޭ މަސައްކަތްތައް މި ހަފުތާގެ ނިޔަލަށް ނިންމުމަށް އަމާޒު ހިފާފައިވާ ކަމަށެވެ. މީގެ އިތުރުން، މަގުގައި ފެން ހޮޅި އެޅުމާއި، ފެން ހިންދާ ވަޅުތައް ހެދުމުގެ މަސައްކަތްވެސް ހުއްޓުމެއް ނެތި ކުރިއަށްދެއެވެ. އަދި އެންކަރ ބްލޮކްތަކާއި ކީވޯލް ޕެނަލްތައް ހަރުކުރުމުގެ މަސައްކަތްތައްވެސް ކުރިއަށްދާކަން އެ ކުންފުނިން ފާހަގަކުރެއެވެ.
ބޮޑުތަކުރުފާނު މަގު ހެދުން: 400 މީޓަރުގެ ސަރަހައްދެއްގައި ޝީޓް ޕައިލްކޮށް ނިންމާލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ