މަހުދީގެ މަރު ފުލުހުން ތަހުގީގު ކުރަން ފަށައިފި

ވ. އަތޮޅުގައި ޑައިވިންއަށް ގޮސް އުޅެނިކޮށް ގެއްލުނު އިޓަލީ މީހުން ހޯދުމުގެ މަސައްކަތުގައި އުޅެނިކޮށް، އެމްއެންޑީއެފްގެ މުހައްމަދު މަހުދީ މަރުވި ގޮތް ފުލުހުން ތަހުގީގު ކުރަން ފަށައިފި އެވެ.
ވީ ކިހިނެއް؟ - މަހުދީ މަރުވީ ޑައިވަރުން ހޯދުމުގެ ރެސްކިއު އޮޕަރޭޝަނުގައި އުޅެނިކޮށް ޑީކޮމްޕްރެޝަން ސިކްނަސް (ޑީކޯ) ވެގެން އޭޑީކޭ ހޮސްޕިޓަލްގައި ފަރުވާދެމުން ދަނިކޮށް މިދިޔަ ހޮނިހިރު ދުވަހު އެވެ.
ތަފްސީލް - ފުލުހުން މިރޭ ބުނީ މަހުދީގެ މަރުގެ ހާދިސާ ހިނގަން މެދުވެރި ގޮތް އެތަ ނުން ބަލަން ފަށާފައިވާ ކަމަށެވެ. ނަމަވެސް، އެކަމާ ގުޅޭ އިތުރު ތަފްސީލެއް ފުލުހުން ނުދެ އެވެ.
ފާހަގަލޮށްލެވޭ - ސިފައިންގެ ތެރޭގައި ހުރި އެންމެ ކުޅަދާނަ އަދި ތަޖުރިބާކާރު އެއް ޑައިވަރު މަރުވީ، ރާއްޖޭގައި ހުއްދަ ދީފައި އޮންނަ މިންވަރަށް ވުރެ މާ ފުނުގައި އޮތް ހޮހޮޅައަކަށް ފީނި ފަސް މީހުން ހޯދަން އުޅުމުގެ ތެރޭގަ އެވެ.
މަހުދީގެ މަރަށް ފަހު އޮޕަރޭޝަން މެދުކަނޑާލި އެވެ. އެކަމަކު ފިންލޭންޑުގެ ތަޖުރިބާކާރުންނާ އެކު އަލުން އެ އޮޕަރޭޝަން ފަށައި ގެއްލުނު މީހުންގެ ހަށިތައް މިހާރު ވަނީ ހޮހޮޅައިން ނަގާފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ