ބޯޓެއް ފަރަކަށް އަރައި، މީހަކު ގެއްލިއްޖެ

މާލެއިން ފުރައިގެން ގއ. ވިލިނގިއްޔަށް ދަތުރުކުރި "އުދަރެސް" ބޯޓު ފަރަކަށް އަރައި ދިވެއްސަކު ގެއްލިގެން ހޯދަން ފަށައިފިއެވެ.
މި ހާދިސާގައި ބޯޓުން ދަތުރުކުރި އެކަކު ގެއްލިފައިވާތީ، އޭނާ ހޯދުމުގެ މަސައްކަތް ކަމާބެހޭ ފަރާތްތަކާ ގުޅިގެން ފުލުހުން ދަނީ ކުރަމުންނެވެ. ގެއްލިގެން ހޯދަމުންދަނީ ދިވެއްސެއް ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.
ބޯޓު އަޑިއަށް ދިއުމުގެ ސަބަބުން އޭގައި ހުރި މުދާތައް މިހާރު ދަނީ ލ. އޮޅުވެލީގެ ހުޅަނގަށް އޮޔާދަމުންނެވެ. އެހެންކަމުން، އެ ސަރަޙައްދުން ދަތުރުކުރާ އުޅަނދުފަހަރުން މިކަމަށް ޚާއްސަ ސަމާލުކަމެއް ދިނުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ