މުޅި ދުވަހު ހަށިގަނޑަށް ބޭނުންވާ ހަކަތަ ހޯދުމަށް ހާރު ކެއުމުގައި މި ކެއުންތައް ހިމަނާލާ

ރޯދަ މަހު ދުވާލުގެ ވަގުތުގައި ރޯދައަށް ހުންނަ ހުރުމުގައި ހަށިގަނޑަށް ހަކަތަ ލިއްބައިދިނުމުގެ އެންމެ މުހިއްމު ދައުރެއް އަދާކުރަނީ ހާރަށް ކެއުމުގައި ހިމަނާލާ ބާވަތްތަކެވެ. ހާރުކެއުމަކީ އިސްލާމްދީން ވެސް އެކަމަށް ބާރުއަޅާ ކަމަކަށްވާއިރު އެ ގަޑީގައި ކެއުމަށް ބޭނުންކުރާ ބާވަތްތަކަށް ހާއްސަ ސަމާލުކަމެއް ދިނުމަކީ ވެސް ވަރަށް މުހިއްމު ކަމެކެވެ. ދުބާއީގެ އެސްޓާސް ހޮސްޕިޓަލުގައި މަސައްކަތްކުރައްވާ ޑައެޓެޓިކްސް ސްޕެޝަލިސްޓް ޑރ. ޖަނާނީ ސަޗިތަނަންތަމް ވިދާޅުވެފައިވާ ގޮތުގައި ހާރުގައި ހިމަނާލުމަށް އިސްކަންދޭންވީ ހަށިގަނޑު ހައިޑްރޭޓްކޮށްދީ ހަށިގަނޑަށް ބޭނުންވާ ހަކަތަ މަޑުމަޑުން އެ މީހަކަށް ލިއްބައިދޭނެ ކަހަލަ ކެއުންތަކެވެ. އެގޮތުން ކާބޯހައިޑްރޭޓްސް އާއި ޕްރޮޓީން އަދި ސިއްހަތަށް ފައިދާހުރި ސަރުބީ އެކުލެވޭ ކެއުންތައް ހާރުގަޑީގައި ކެއުން މުހިއްމު ކަމަށް ޑރ. ޖަނާނީ ވަނީ ވިދާޅުވެފައެވެ. ހާރުދަމަށް ތައްޔާރުކުރާ ކެއުންތަކުގައި ހިމަނާލެވިދާނެ މުހިއްމު ބާވަތްތަކުގެތެރޭ އާޓާފުށުން ތައްޔާރުކުރެވިދާނެ ބާވަތްތައް ހިމެނޭ--ފޮޓޯ/ފޭސްބުކް ރަމަޟާން މަހަކީ ފޮނިކެއުންތަކާއި ބުއިންތައް ސުފުރާމަތިން އަބަދުވެސް ލިބެން ހުންނަ މައްސަރަކަށްވާއިރު ހަކުރުގެ މާއްދާ އެކުލެވޭ ކެއުންތަކާއި ބުއިންތައް މާގިނައިން ބޭނުންކުރާނަމަ ދުވާލުގެ ވަގުތުތަކުގައި ވަރުބަލިކަން މާބޮޑަށް އިހުސާސްކުރެވޭނެ ކަމަށް ވެސް ޑރ.ޖިނާނީ ވަނީ ފާހަގަކުރައްވާފައެވެ. ޑރ.ޖިނާނީ އެސްޓަ ހޮސްޕިޓަލުގެ ވެބްސައިޓުގައި މިކަމާގުޅޭގޮތުން ޝާއިއުކުރެއްވި ލިޔުމެއްގައި ފާހަގަކުރައްވާފައިވާ ގޮތުގައި ހާރުދަމަށް ކެއުމުގައި ހިމަނާލެވިދާނެ ކެއުންތަކުގެތެރޭ އޯޓްސް ނުވަތަ ބަތްޕެން، އާޓާފުށުން ތައްޔާރުކޮށްފައިވާ ޕާން ނުވަތަ ބާރުލީ، ކީނުއާ ނުވަތަ ބްރައުން ރައިސް ހިމެނެއެވެ. މިއީ ކާބޯހައިޑްރޭޓްސްއިން މުއްސަނދި ކެއުންތަކެވެ. ޕްރޮޓީންގެ މާއްދާއިން މުއްސަނދި ކެއުންތަކުގެތެރޭ ފެނު ކެއްކި ބިސް ނުވަތަ ކޮންމެވެސް ކަހަލަ ތަރުކާރީއަކާ އެކު ތައްޔާރުކޮށްފައިވާ ބިސްގަނޑެއް، ޔޮގަޓް، ކޮޓެޖް ޗީޒް އަދި ބީންސް, މަސް ހިމެނެއެވެ. މީގެއިތުރުން ހާރުކާ ގަޑީގައި ވެސް ކެއުމުގައި ތަރުކާރީ އާއި މޭވާގެ ބާވަތްތައް އަދި ޔޮގަޓް ޑްރިންކްސް ބޭނުންކޮށްލުމަކީ ވެސް ދުވާލުގެ ވަގުތު ރޯދައަށް ހުންނައިރު ހަށިގަނޑުގެ ހަކަތަ އިތުރުކޮށްދިނުމަށް އެހީތެރިވެދޭނެ ކަމެއް ކަމަށް ޑ. ޖިނާނީ ވަނީ ވިދާޅުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ