މި ރޯދަމަހު އެސްއެސްޓީވީން އިނާމަކަށް ތިން އުމްރާ ދަތުރު ދެނީ

ސަން ސިޔާމް މީޑިއާއިން ހިންގާ އެސްއެސްޓީވީއިން މި ރޯދަ މަހުގެ އިނާމުތަކުގެ ތެރޭގައި ތިން އުމްރާ ދަތުރެއް ދިނުމަށް ނިންމައިފިއެވެ. އެއީ، ދި ފައުންޑޭޝަނާއި އަލް މަދީނާ ޙައްޖު އެންޑް އުމްރާ ގުރޫޕާއި ގިބްލަ ހައްޖު އެންޑް އުމްރާ ގުރޫޕުން ސަންސިޔާމް މީޑިއާގެ ޕްރޮގްރާމްތަކަކަށް ހަދިޔާކުރި އުމްރާ ދަތުރުތަކެކެވެ. އެ ދަތުރުތައް ދޭނީ، މި ރޯދަ މަހު އެސްއެސްޓީވީން ގެނެސްދޭ ޤިބްލަ ކުއިޒާއި އަލް މަދީނާ ކުއިޒާއި 'ހަމައެންމެ ސުވާލެއް' ދީނީ ސުވާލު މުބާރާތުގެ އެންމެ ގިނަ ޖަވާބު ދިމާކުރާ މީހުންގެ ތެރޭގައި ނަގާ ގުރުއަތުން ހޮވޭ މީހުންނަށެވެ. ދި ފައުންޑޭޝަނުން އެސްއެސްޓީވީއާ އެކު ސޮއިކުރުން ---- ސަން ފޮޓޯ އޭގެތެރެއިން، ޤިބްލަ ކުއިޒާއި އަލް މަދީނާ ކުއިޒަކީ ކޮންމެ ދުވަހަކު ދީނީ ސުވާލެއް ގެނެސްދޭ ޕްރޮގްރާމެކެވެ. އޭގެއިތުރަށް، 'ހަމައެންމެ ސުވާލެއް' ދީނީ ސުވާލު މުބާރާތަކީ ހުކުރު ދުވަހާއި ހޮނިހިރު ފިޔަވަހައި ކޮންމެ ދުވަހަކު 13:00ގައި އެސްއެސްޓީވީން ގެނެސްދޭ ލައިވް ޕްރޮގްރާމެކެވެ. އުމްރާއަކީ ދިވެހީން ވަރަށް އާއްމުކޮށް ގޮސް އުޅޭ, މަތިވެރި އަޅުކަމަކަށް ވާއިރު، ތިން ނަސީބުވެރިއަކަށް އުމްރާ ދަތުރެއް ދެވޭތީ ވަރަށް ބޮޑަށް އުފާވެ ފަޚުރުވެރިވާ ކަމަށް އެސްއެސްމީޑިއާއިން ވަނީ ބުނެފައެވެ. https://www.sun.mv/217514 އެސްއެސްޓީވީ އަބަދުވެސް ފާހަގަކޮށްލެވެނީ ގިނަ ދިވެހިންނާ ގުޅުންހުރި ދިވެހިވަންތަ، ދިވެހިންގެ ދިރިއުޅުން ދައްކުވައިދޭ ކޮންޓެންޓް އުފައްދާ ޓީވީ ޗެނަލެއްގެ ގޮތުގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ