ރޯދަމަހާ ރޯއްޖާ: ރޯދަ ހަދިޔާ 3

ދުވަހުގެ ދުއާ:
رَبَّنَا أَفْرِغْ عَلَيْنَا صَبْراً وَثَبِّتْ أَقْدَامَنَا وَانْصُرْنَا عَلَى الْقَوْمِ الْكَافِرِينَ [البقرة 250]
އަޅަމެންގެ ރައްބު! އަޅަމެންގެ މައްޗަށް ކެތްތެރިކަން އޮއްސަވާނދޭވެ! އަދި އަޅަމެންގެ ފައިތިލަތައް ސާބިތުކުރައްވާނދޭވެ! އަދި ކާފިރުންގެ މައްޗަށް އަޅަމެންނަށް ނަސްރު ދެއްވާނދޭވެ!
ދުވަހުގެ ނަސޭހަތް:    
﴿مَنْ عَمِلَ صَالِحًا مِّن ذَكَرٍ أَوْ أُنثَىٰ وَهُوَ مُؤْمِنٌ فَلَنُحْيِيَنَّهُ حَيَاةً طَيِّبَةً ۖ وَلَنَجْزِيَنَّهُمْ أَجْرَهُم بِأَحْسَنِ مَا كَانُوا يَعْمَلُونَ﴾ [النخل ٩٧]
މާނައީ: “މުއުމިނަކު ކަމުގައިވާ ހާލު، ފިރިހެނުންގެ ތެރެއިންވިޔަސް، ނުވަތަ އަންހެނުންގެ ތެރެއިންވިޔަސް، ސޯލިހު ޢަމަލެއް ކޮށްފިމީހާ (ދަންނާށެވެ!) ފަހެ، ހަމަކަށަވަރުން އެމީހަކަށް ރަނގަޅު، ބާއްޖަވެރި ދިރިއުޅުމެއް، ތިމަންއިލާހު ދެއްވާހުށީމެވެ. އަދި ހަމަކަށަވަރުން، އެބައިމީހުން ޢަމަލުކޮށް އުޅުނު އެންމެ ހެޔޮގޮތުގެ ދަރުމައިން، އެބައިމީހުންނަށް، ތިމަންއިލާހު ޖަޒާ ދެއްވާހުށީމެވެ.”
ދުވަހުގެ ހިކުމަތުގެ ބަސް:
މޮޑެލްކުރާ އަންހެނަކު ބުންޏެވެ. ފެޝަން ކުރާ ތަންތަނުން އަހަރެންނަކީ ކުޅޭކުޅޭ ބުދަކަށް ހަދައިފިއެވެ.
ދުވަހުގެ ނަމާދު ވަގުތު: މާލެ ސިޓީ
* އިރުއެރީ: 06:18
ފަތިސް:   05:06
މެންދުރު:   12:24
އަސުރު:   15:40
މަގުރިބު:   18:22
އިޝާ:    19:34
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ