ރ. ކިނޮޅަސް ބޭރުން މި މަހުގެ 4 ވަނަ ދުވަހު ފެނުނު ހަށިގަނޑުގެ ޑީއެންއޭ ޓެސްޓު ހަދާފައިވާ ކަމަށާއި އެ ޓެސްޓުތަކުން އެއީ ފިރިހެނެއްކަން ކަށަވަރުވެފައިވާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.
ވީ ކިހިނެއް؟ - ފުލުހުން މީގެ ކުރިން ބުނީ އެ ހަށިގަނޑު އޮތީ ޖިންސު ވެސް ވަކިނުކުރެވޭ ވަރަށް ކުނިވެފައި ކަމަށެވެ.
ތަފްސީލް - ހަށިގަނޑުގެ ޑީއެންއޭ ޓެސްޓު ހަދައި އޭގެ ނަތީޖާގެ މައްޗަށް ބިނާކޮށް ފުލުހުން މިއަދު ބުނީ އެއީ ފިރިހެނެއްކަން ޔަގީންކުރެވިފައިވާ ކަމަށެވެ.
މީގެ އިތުރުން، މިދިޔަ މަހު އއ. އުކުޅަހަށް ގޮސްއުޅުނު ފަތުރުވެރިޔަކު ގެއްލިގެން ހޯދަމުން އަންނައިރު، އެ ހަށިގަނޑަކީ ރަޝިއާގެ އެ ފަތުރުވެރިޔާގެ ހަށިގަނޑު ނޫންކަން ޔަގީންކުރެވިފަައިވާ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން އިތުރަށް ބުނީ މިދިޔަ މަހުގެ 21ގައި ކ. ކަނޑޫމާތިލަ ކައިރިން ފެނުނު ހަށިގަނޑަކީ ވެސް އެ ފަތުރުވެރިޔާގެ ހަށިގަނޑު ނޫންކަން ޑީއެންއޭ ޓެސްޓުން ޔަގީންކުރެވިފައިވާ ކަމަށެވެ. އެގޮތުން:
ފަތުރުވެރިޔާ ގެއްލިގެން ހޯދަމުން އަންނަނީ މިދިޔަ މަހުގެ 17 އިން ފެށިގެން
މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުން ބުނި
ކިނޮޅަހު ބޭރުން ފެނުނީ ފިރިހެނެއްގެ ހަށިގަނޑު: ފުލުހުން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ