ރ. ކިނޮޅޮހު ބޭރުން މި މަހު 4، ގައި ޖިންސު ވަކިނުވާ ވަރަށް ކުނިވެފައި އޮއްވާ ފެނުނު ހަށިގަނޑަކީ ފިރިހެނެއްގެ ހަށިގަނޑުކަން ކަށަވަރުވެފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުން ބުނީ އެ ހަށިގަނޑަކީ ފިރިހެނެއްގެ ހަށިގަނޑުކަން އެނގުނީ ހެދި ޑީއެންއޭ ތަހުލީލުތަކުން ކަމަށެވެ.
އެ ހަށިގަނޑާއި ކ. ކަނޑޫމާތިލަ ކައިރިން މިދިޔަ މަހު 21، ގައި ފެނުނު ހަށިގަނޑުގެ ޑީއެންއޭ ނަތީޖާއަށް ބަލާއިރު، އޭގެ ތެރޭގައި މިދިޔަ މަހު 17، ގައި ގެއްލިގެން ހޯދަމުންދާ ރަޝިއާގެ ފަތުރުވެރިޔާ ނުހިމެނޭ ކަމަށް ވެސް ފުލުހުން ބުންޏެވެ.
އއ. އުކުޅަހުގައި މޫދަށް އެރި އުޅެނިކޮށް ރަޝިއާ ފަތުރުވެރިޔާ ގެއްލިގެން ހޯދަމުން ދަނިކޮށް ދެ ހަށިގަނޑެއް ފެނުމުން އޭގެ ތެރޭގައި އެ ފަތުރުވެރިޔާ ހިމެނިދާނެ ކަމަށް ބައެއް މީހުންނަށް އޭރު ލަފާކުރެވުނެވެ.
ފުލުހުން ބުނީ ދެ ސަރަހައްދަކުން ފެނުނު ދެ ހަށިގަނޑާ ގުޅޭގޮތުން ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށެވެ.
ކިނޮޅަހު ބޭރުން މަރުވެފައި އޮއްވާ ފެނުނީ ފިރިހެނެއް: ފުލުހުން ކިނޮޅަހު ބޭރުން މަރުވެފައި އޮއްވާ ފެނުނީ ފިރިހެނެއް: ފުލުހުން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ